01 ފެބުރުއަރީ 2019
ޓްރެފިކަށް ހޭލުންތެރިކުރުވަން ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދާ "މީތި ސަޅި" ކެމްޕެއިން މިއަދު ފަށައިފި އެވެ.
ޓްރެފިކަށް ހޭލުންތެރިކުރުވަން ޓްރާންސްޕޯޓު މިނިސްޓްރީން ކުރިއަށްގެންދާ "މީތި ސަޅި" ކެމްޕެއިން މިއަދު ފަށައިފި އެވެ.
މާލޭން ބްރިޖު ސަރަހައްދުން ފެށި ސައިކަލު ބުރު ހުޅުމާލޭގެ ސެންޓްރަލް ޕާކާ ހަމައަށް ކުރިއަށްދިޔައިރު، އެ ކެމްޕެއިން ފެށުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ މާލޭން ހުޅުމާލޭގެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވީ ކާރުކޮޅުގަ އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކެމްޕެއިންގެ މަގުސަދަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"މީތި ސަޅި" ކެމްޕެއިން ފެށުމުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކާރު ދުއްވަނީ-- މިިހާރު ފޮޓޯ
ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ އެކްސިޑެންޓު ފަދަ ކަމެއް ދިމާވުމުން ކަންތައްކުރާނެ ގޮތެއް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އެހެންވެ ނުރައްކާތެރި ހާދިސާއެއް ހިނގުމުން ފުރަތަމަ އެހީ ދޭން ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަންކަމުގައި އެހީތެރިވެދިނުމަށް އައިޝާ ވަނީ އެދިވަޑައިގެންފަ އެވެ.
"މީތި ސަޅި" ކެމްޕެއިންގައި ސައިކަލު ދުއްވަނީ.-- މިިހާރު ފޮޓޯ
މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވައި އައިޝާ ވިދާޅުވީ ހުރިހާ އެންމެން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަމަށެވެ. އަދި ފަރުދީ ޒިންމާ ނަގައިގެން ނަމަވެސް އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ހެލްމެޓާއެކު އެކްސިޑެންޓު ވަރަށް މަދުވެއްޖެ: މިނިސްޓަރު
މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕެއިނެއް ފަށަނީ
ލިންކް ރޯޑް ރަނގަޅުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު
ނޭޝަނަލްކޯލް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި
ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓު މަދު ނުވާނެ: އައިޝާ
މާލެ ސަރަހައްދަށް ބަހާނީ 2،500 ހެލްމެޓް
ހެލްމެޓް ދޫކުރާ ޕްރޮގްރާމް ހޮނިހިރު ދުވަހު ފަށަނީ
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު
ޓްރެފިކަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު