21 ފެބުރުއަރީ 2019
ހިލޭ ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގައި މާލެ ސަރަހައްދަށް ބަހާނީ 2،500 ހެލްމެޓް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ބުނެފި އެވެ.
ހިލޭ ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގައި މާލެ ސަރަހައްދަށް ބަހާނީ 2،500 ހެލްމެޓް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ ހިލޭ ހެލްމެޓް ލިބޭނީ އެ ޕްރޮގްރާމުގައި ނަން ނޯޓުކޮށްފައިވާ މީހުންގެ ތަރުތީބުން ކަމަށެވެ.
އަންނަ ހޮނހިރު ދުވަހު ހެލްމެޓް ބެހުމުގެ ޕްރޮގްރާމް ފަށާއިރު ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އެކަމަށް ހާއްސަ ޕޯޓަލެއް ތައްޔާރުކޮށްފަ އެވެ. އެ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ނަން ނޯޓުކޮށްފައިވާ ތަރުތީބުން، ޕްރޮގްރާމް އޮންނާނެ ތަނަކާއި ދުވަހެއް އަންގާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
ނަޒީރު ވިދާޅުވީ މާލެ ސަރަހައްދަށް 2،500 ހެލްމެޓް ބަހާއިރު ކުޑަކުދިންނަށް ހާއްސަކޮށްގެން 500 ހެލްމެޓް ބަހާނެ ކަމަށެވެ. ބާކީހުރި 2،000 ހެލްމެޓް ބަހަން ހަމަޖައްސާފައިވަނީ އެކްސިޑެންޓުތައް ދެން އެންމެ ގިނައިން ހިނގާ ލާމު އަދި އައްޑޫ ސިޓީގަ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ރަފީއު ވާހަކަދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސަރުކާރުން ވައުދުވެފައިވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބެހުމަށެވެ. އޭގެ ތެރެއިން 3،500 ހެލްމެޓަކީ ޔުނީސެފުން ހަދިޔާކުރި ހެލްމެޓެވެ. އެހެންވެ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ގެނެސްފައިވަނީ ބާކީހުރި 1،500 ހެލްމެޓެވެ.
އޭނާ ވިދާޅުވީ މަގުމަތީގެ އަދަބުތަކާއި ގާނޫނާ ގަވާއިދުތަކުގެ އިތުރުން ފަސްޓްއެއިޑް ރެސްޕޮންޑާސް ވެސް ދެ ގަޑިއިރުގެ ޓްރެއިނިންގެ ތެރޭގައި ދޭނެ ކަމަށެވެ. ޕްރޮގްރާމް ފުރިހަމަކުރުމުން ސެޓްފިކެޓާއެކު އެމީހަކަށް ހެޔޮވަރުގެ ހެލްމެޓެއް ދޭނެކަމަށް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ ބްރިޖުމަތިން ދަތުރުކުރާއިރު އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރުކޮށްފައިވާއިރު އަޅާނެ ހެލްމެޓުގެ ފެންވަރާއި ވައްތަރުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެއީ ދިވެހިން އާއްމުކޮށް ގޮސްއުޅޭ އަވަށްޓެރި ގައުމުތަކުގައި ވެސް ބޭނުންކުރާ ހެލްމެޓް ކަމަށާއި އެ އުސޫލު ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް ވިދާޅުވި އެވެ.
ހެލްމެޓެއް ހޯދައިފިންތަ؟ ނޫނީ ބްރިޖް މަތިން ނުދުއްވޭނެ
ޒިންމާ އަދާނުކުރަންޏާ އެކްސިޑެންޓު މަދު ނުވާނެ: އައިޝާ
ހިލޭ ބަހާ ހެލްމެޓް ލިބޭނީ ކޯހެއް ފުރިހަމަކުރުމުން: މިނިސްޓަރު
ޓްރެފިކަށް ހޭލުންތެރިކުރުމުގެ ބޮޑު ކެމްޕެއިނެއް ފަށަނީ
ހެލްމެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އެހެންމީހެއްގެ ހެލްމެޓާ ހެދި އެކްސިޑެންޓުވެ އައިސީޔޫއަށް
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
ހެލްމެޓާއެކު އެކްސިޑެންޓު ވަރަށް މަދުވެއްޖެ: މިނިސްޓަރު
ލިންކް ރޯޑް ރަނގަޅުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު
ނޭޝަނަލްކޯލް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށައިފި