އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާ ދޭތެރޭ ކަންތައް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހޭތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ޑިއުޓީ އަށް ނުނިކުތުމަށް ގިނަ ޕައިލެޓުންތަކެއް މިއަދު ނިންމައިފި އެވެ.
03 ފެބުރުއަރީ 2019
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނާ ދޭތެރޭ ކަންތައް ކުރާ ގޮތާ މެދު ހިތްހަމަ ނުޖެހޭތީ، އިހުތިޖާޖު ކުރުމުގެ ގޮތުން މާދަމާ ޑިއުޓީ އަށް ނުނިކުތުމަށް ގިނަ ޕައިލެޓުންތަކެއް މިއަދު ނިންމައިފި އެވެ.
ޕައިލެޓުންގެ ޑިމާންޑަކީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީން މަގާމުން ވަކި ކުރުމެވެ. ޕައިލެޓުންނާއި ކެބިންކްރޫންގެ އިސްވެރިޔާ އަމީން މަގާމުން ވަކިކުރަން ޕައިލެޓުން އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އިހުތިޖާޖުގައި ބައިވެރިވާ ޕައިލެޓަކު މިރޭ ބުނީ، ވަޒީފާ އަށް މާދަމާ ނުނިކުތުމަށް ނިންމީ އަމީންގެ މައްސަލަ ހައްލު ކުރަން ހުށަހެޅި ޝަކުވާތަކަށް މިހާތަނަށް އެއްވެސް ހައްލެއް ނުލިބޭތީ ކަމަށެވެ. މައްސަލަ ހައްލު ނުކުރެވި، ޕައިލެޓުން ޑިއުޓީ އަށް ނުނިކުމެއްޖެ ނަމަ ފްލައިޓްތައް ހުއްޓި މާދަމާގެ އޮޕަރޭޝަންތަކަށް ބުރޫއަރާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ނަން ހާމަ ނުކުރަން އެދި ވާހަކަ ދެއްކި ޕައިލެޓަކު ބުނިގޮތުގައި އަމީން ގެންދަނީ ޕައިލެޓުންނާ ދޭތެރޭ އިހުމާލުވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އޭނާ އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އަމީން ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.
"ކަންކަމުގައި ދިއުމުން [އަމީން] ވަރަށް ހަޑިކޮށް ވާހަކަ ދައްކާ. މުވައްޒަފުންނާ މެދު ވަރަށް ތަފާތު ކުރޭ. ވެރިން ގާތު އެތައް ފަހަރަކު ޝަކުވާ ކޮށްގެން ވެސް ހައްލެއް ނުލިބުނު. މި ސަރުކާރުގައި ވެސް އޭނާ [އަމީން] ހުރީ ހަމަ އެހާ އިސްކޮށް،" ޝަކުވާތައް ހިއްސާ ކުރަމުން ޕައިލެޓު ބުންޏެވެ.
ދިވެހި ޕައިލެޓުންގެ ބަދަލުގައި ރާއްޖެ އިން ބޭރުގެ މީހުންނަށް ފުރުސަތު ދިނުމަށް އަމީން އިސްކަން ދެއްވާ ކަމަށް ވެސް ބައެއް ޕައިލެޓުން ތުހުމަތު ކުރެ އެވެ. އަދި އެކަމުގައި، ނާޖާއިޒް ކަންތައްތަކެއް ހިންގާ ކަމުގެ ތުހުމަތު ވެސް އަމީންގެ ބޮލުގައި ވަނީ އެޅިފަ އެވެ.
"މިވަގުތުގެ ޑިމާންޑަކީ އަމީން މަގާމުން ވަކިކުރުން. އަމީން މިހާތަނަށް ހުރެގެން ޕައިލެޓުންނަށް ވީ ފައިދާއެއް ނެތް،" އެހެން ޕައިލެޓަކު ބުންޏެވެ.
ޕައިލެޓުންގެ އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަންގެ މަތިންދާބޯޓުތައް ދަތުރުކުރާއިރު ގިނަ ދިވެހިންނާއި ޓޫރިސްޓުންގެ ދަތުރަށް އެންމެ ބޮޑަށް ބަރޯސާ ވެފައި ވަނީ މޯލްޑިވިއަން އަށެވެ.
ޕައިލެޓުން އިހުތިޖާޖު ނުކުރަން ނިންމައިފި
ޕައިލެޓުންގެ ކަންކަން އަމީންގެ އަތުން ނަގައިފި
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
ސިފައިންގެ ޕައިލެޓުންގެ ތަމްރީނު ނުފެށިއޮތީ ކޮވިޑާހެދި
އައިލެންޑް އޭވިއޭޝަންގެ ސީނިއާ ބަޔަކު އިސްތިއުފާދީފި
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކަށް: އައިއޭއެސް
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން