Roadha Mihaaru
އައިލެންޑް އޭވިއޭޝަންގެ ސީނިއާ ބަޔަކު އިސްތިއުފާދީފި

އައިލެންޑް އޭވިއޭޝިއަންގެ ސީނިއާ ބަޔަކު އިސްތިއުފާ ދީފި

09 ޖޫން 2019

ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ވަރަށް އިސް ބަޔަކު މަގާމުން އިސްތިއުފާދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ވަރަށް އިސް ބަޔަކު މަގާމުން އިސްތިއުފާދީފި އެވެ.

"މިހާރު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ 28 ޕޯސްޓެއްގައި މަސައްކަތް ކުރާ އަށް މުވައްޒަފަކު މިހާތަނަށް ވަނީ އިސްތިއުފާދީފަ އެވެ. އެގޮތުން ކޮމްޕެނީ ސޭފް ޕައިލެޓާއި ކޮމްޕެނީ ހެޑް އޮފް ޓްރެއިނިން އެންޑް ސްޓޭންޑާޑްސް އާއި ޑޭޝް8 ގެ އަށް ޗީފް ޕައިލެޓުންނާއި ޓްރެއިނިން ކެޕްޓަން އޮފް ސީ ޕްލޭން އޮޕަރޭޝަންސް އާއި ސީޕްލޭން އޮޕަރޭޝަންގެ ހެޑް ވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެއާބަސް ޓްރެއިނިން ކެޕްޓަނާއި ޓްރެއިނިންތަކާ ގުޅޭ ޒިންމާދާރު ކެޕްޓަނާއި ފަސް ސީނިއާ އެގްޒަމިނަރުންނާއި ހެޑް އޮފް ފްލައިޓާއި އެއާބަސް ފްލީޓްގެ ދެ ސީނިއާ ކެޕްޓަނުން ވެސް ހިމެނެ އެވެ. އަދި ފްލޯޓް ފްލީޓްގެ ދެ ޕައިލެޓުންނާއި ފްލޯޓް އޮޕަރޭޝަންސްގެ ދެ ޕައިލެޓުން ވެސް އިސްތިއުފާ ދީފައިވެ އެވެ.

ގިނަ އަދަދެއްގެ މުވައްޒަފުން އިސްތިއުފާ ދީފައިވާ އިރު، އެ ކުންފުނީގެ ސީނިއާ ބައެއް މަގާމުތަކުން މުވައްޒަފުންތަކެއް ވަނީ ވަކި ވެސް ކޮށްފަ އެވެ. އެގޮތުން ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންސް އާއި އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސްގައި ތިބި ދެ މުވައްޒަފުން ކުންފުނީގެ ސްޓްރަކްޗަރަށް ބަދަލު ގެނައި ކަމަށް ބުނެ ވަކިކޮށްފައިވެ އެވެ.

އެކަމަކު މިހާ ސީނިއާ މުވައްޒަފުންތަކެއް އެ ކުންފުނިން ވަކިވީ ކީއްވެގެން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ވަޒީފާއިން ވަކިވި ބައެއް މީހުން "މިހާރަ"ށް ޔަގީން ކޮށްދިން ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން އިސްތިއުފާ ދޭން ސިޓީ ލައިފައި ވިޔަސް، މަގާމުން ވަކިކޮށް ނުދޭތީ ވަޒީފާ އަށް ދެ އެވެ.

މި ހުރިހާ މުވައްޒަފުން ވަކިވެފައިވާކަން އައިލެންޑް އޭވިއޭޝަނުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އެތަނުން ބުނީ، މިއަދު އިސް ތިން މުވައްޒަފަކު ވަކިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، ކުންފުނީގެ މަސައްކަތްތަކަށް ބުރޫއަރާ ވަރަށް މުވައްޒަފުން ވަކި ނުވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.