Roadha Mihaaru
ސްމާޓްފޯން ވިޔަފާރިއެއް ނުހުއްޓާނަން: އެލްޖީ

ފައިދާ ނުވިޔަސް ސްމާޓްފޯން ވިޔަފާރި ހުއްޓައެއްނުލާނަން: އެލްޖީ

06 ފެބުރުއަރީ 2019

އެލްޖީ މޮބައިލް އަށް ފައިދާނުވާތާ ހަތަރު އަހަރުވެއްޖެ އެވެ. އެލްޖީގެ އެހެން މަރުކާތަކުން ރެކޯޑް އަދަދަކަށް ފައިދާ ހޯދިއިރު، ފާއިތުވި އަހަރު ވެސް އެލްޖީ މޮބައިލް އަށް 700 މިލިއަން ޑޮަލަރު ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް، އެލްޖީން ބުނީ ސްމާޓްފޯން އުފެއްދުން ހުއްޓައިނުލާނެ ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެލްޖީ މޮބައިލް އަށް ފައިދާނުވާތާ ހަތަރު އަހަރުވެއްޖެ އެވެ. އެލްޖީގެ އެހެން މަރުކާތަކުން ރެކޯޑް އަދަދަކަށް ފައިދާ ހޯދިއިރު، ފާއިތުވި އަހަރު ވެސް އެލްޖީ މޮބައިލް އަށް 700 މިލިއަން ޑޮަލަރު ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް، އެލްޖީން ބުނީ ސްމާޓްފޯން އުފެއްދުން ހުއްޓައިނުލާނެ ކަމަށެވެ.

އެލްޖީ އަކީ ސައުތު ކޮރެއާ ކުންފުންޏެކެވެ. އެލްޖީން އުފައްދާ އެހެން އާލާތްތަކަށް ބަލާއިރު، އައިސްއަލަމާރި، އަވަން، ދޮންނަމެޝިން އަދި ކާރުގެ ބައިތައް ހިމެނެ އެވެ. އެލްޖީ އަކީ ވަރަށް ބާރުގަދަ އަދި ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ހިންގާ ކުންފުންޏެކެވެ.

އެލްޖީ ސްމާޓްފޯނުތައް އެންމެ މަޝްހޫރު ގައުމުތަކުގެ ތެރޭގައި ކެނެޑާ ހިމެނެ އެވެ. އަމިއްލަ ގައުމު، ސައުތު ކޮރެއާގެ އިތުރުން، ޔޫރަޕުގައި އެލްޖީ އަށް ތަރުހީބު ބޮޑެވެ. އެހެން ނަމަވެސް، ވާދަވެރިންނާ ހެދި، އެކަށީގެންވާ ފައިދާއެއް ހަދަން އެލްޖީ މޮބައިލް އަށް ވަނީ އުނދަގޫވެފަ އެވެ.

އެލްޖީ މޮބައިލް އަށް ފައިދާނުވުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. އެލްޖީ ފޯނުތަކަށް ބަލާއިރު ވާދަވެރިންނަށް ދޫކުރަން ޖެހޭ އެއްވެސް ސިފައެއް ނެތްއިރު، ފައިދާ ނުވާ ސަބަބަކަށް ފޯނުތައް ނުވާނެ ކަމަށް ބުނެވެ އެެވެ. އެލްޖީ އަކީ ސްމާޓްފޯން މާކެޓަށް ބާރުގަދަ ފޯނުތައް ނެރޭ ކުންފުންޏެކެވެ. އެހެންކަމުން، އެލްޖީ ފޯނު ވިޔަފާރި އަށް ފައިދާ ނުވާ ސަބަބަކީ ހިންގުން ދޯހަޅިވުން ކަމަށް ވެސް ބުނެވެ އެވެ.

އެލްޖީ މޮބައިލް ހަރުދަނާކޮށް ސްމާޓްފޯނުތައް ބޭނުންކުރާ މީހުންނަށް ގާތްވުމަށްޓަކައި، މެނޭޖްމަންޓަށް ކޮންމެވެސް ބަދަލުތަކެއް ގެންނަން ފެންނަ ކަމަށް، އެލްޖީ އަށް ރައްދުކުރެވޭ ކޮމެންޓްތަކުގައި ބުނެފައި ހުރެ އެވެ. އެލްޖީ މޮބައިލް އަށް ޖެހިޖެހިގެއް ދެތިން އަހަރު ފައިދާނުވުމަކީ، އެ ޑިވިޒަން ހިންގާ މީހުން ޒިންމާވާން ޖެހޭ ވަރުގެ ކަމެއް ކަމަށް ވެސް ބުނެވެ އެވެ.