Roadha Mihaaru
ގޫގުލް ޕިކްސެލް ފޯނުތަކުގެ ޒަމާންދަނީތަ؟

ގޫގުލް ޕިކްސެލް ފޯނުތަކުގެ ޒަމާންދަނީތަ؟

15 މެއި 2020

ގޫގުލުން ޕިކްސެލް ފޯނުތަކަށް ނަންބަރު ދެމުން އައިސް މިހާރު އުޅެނީ ހަތަރަކާ ހަމައިގަ އެވެ. އެކަމަކު ޕިކްސެލް 4 އެހާ ރަނގަޅަށް ނުވިކޭ ކަމަށް އެބަ ބުނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލުން ޕިކްސެލް ފޯނުތަކަށް ނަންބަރު ދެމުން އައިސް މިހާރު އުޅެނީ ހަތަރަކާ ހަމައިގަ އެވެ. އެކަމަކު ޕިކްސެލް 4 އެހާ ރަނގަޅަށް ނުވިކޭ ކަމަށް އެބަ ބުނެ އެވެ.

ޕިކްސެލް 4 ރިލީޒްކުރީ އޮކްޓޯބަަރު 22، 2019 ގަ އެވެ. ފާއިތުވި ދުވަސްތަކަށް ބަލައި މާކެޓް ދިރާސާކުރާ ފާމްތަކުން ބުނާ ގޮތުގައި، ގޫގުލަށް ވިއްކުނީ ޕިކްސެލް 4ގެ ދެ މިލިއަން ފޯނެެވެ. އެއީ "އައިޑީސީ" އިން ބުނާ ގޮތުގައި، ޕިކްސެލް 4 އަދި "ޕިކްސެލް 4 އެކްސްއެލް" ހިމަނައިގެންނެވެ.

ގޫގުލް އަށް ޕިކްސެލް 4 ވިއްކަން ދަތިވެގެން އުޅެނީ މި ދުވަސްވަރުގެ ސަބަބުން ނޫނެވެ. ސަބަބަކީ، ޕިކްސެލް ފޯނުތައް މާކެޓަށް ފުރަތަމަ ނެރުނުއިރު ލިބުނު ކާމިޔާބީ ދެމެހެއްޓިފައި ނެތުމެވެ. ޕިކްސެލް ފޯނުތަހާ ހެދި ކުރިން މީހުން އުޅުނު ގޮތަށް މިހާރު އުޅޭ ތަނެއް ނުފެނެ އެވެ.

ޕިކްސެލް ފޯނުތައް އެންމެ ގިނައިން ވިކެނީ އެމެރިކާގެ އެވެ. އެހެން ނަމަވެސް، މުޅި ސްމާޓްފޯން މާކެޓަށް ބަލައި ވަޒަންކުރާއިރު، ޕިކްސެލް ފޯނުތަކަށް މާކެޓުން ލިބެނީ ތިން ޕަސެންޓްގެ ޖާގައެވެ. ސައުތު ކޮރެއާގެ އެލްޖީ ވަރަށް ބޮޑަށް އަޑިއަޅާލާފއި އޮތް ނަމަވެސް، މާކެޓް ރަމްޒުކުރުން އަށް ޕަސެންޓްގައި ވަނީ ދަމަހައްޓައިފަ އެވެ.

ޕިކްސެލް ފޯނުތައް ވިއްކަން ގޫގުލް އަށް ދަތިވެގެން އުޅޭ ސީދާ ސަބަބު ބުނެދޭން ނޭނގުނު ނަމަވެސް، ދެކެވޭ ވާހަކަތަށް ބަލާއިރު، ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން ބޮޑީ އެވެ. ޕިކްސެލް އިންޖިނޭރުންގެ ޓީމުގައި ވެސް ނުތަނަވަސް ޚިޔާލުތައް ބައިވަރެވެ. ފޯނުތަކުގައި ހިމަނަން އެކަކު އެދޭ ފީޗާތައް އަނެކަކު ބޭނުމެއް ނުވެ އެވެ. ކެމެރާތަކުގެ ފެންވަރު ދަމަހައްޓަން ބޭނުންވާ މިންވަރު އަދި ބެޓެރީ ބާރު ވަކި ވަރެއްގައި ދެމެހެއްޓުމަކި ވެސް ނިންމަން ދަތި ޚިޔާލުޔަކަށް ވެފައިވެ އެވެ.

ޕިކްސެލް ފޯނުތައް ދެމެހެއްޓުމުގައި ގޫގުލް އަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހަކީ އެގްޒެކެޓިވް ފެންވަރުގެ އަދި ސީދާ ޕިކްސެލް ފޯނުތަކާ ގުޅުން ހުރި ދެ އިންޖިނޭރުން ގޫގުލް ދޫކޮށް ދިއުމެވެ. ސަބަބަކީ ޕިކްސެލް ފޯނުތަކުގެ ވިޔަފާރި ޚާއްސަކޮށް ޕިކްސެލް 4ގެ ވިޔަފާރި ދަށްވުން ކަމަށް ބުނާތީ އިވެ އެވެ.