Roadha Mihaaru
އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި

އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި

11 ފެބުރުއަރީ 2019

އެވިޑް ކޮލެޖުގެ ޗެއާމަންގެ ބައްޕާފުޅުގެ ހަނދާނުގައި ދޭ "ނައިބު ރަޝާދު ސްކޮލާޝިޕް" 22 ދަރިވަރަކަށް ހޮނިހިރު ދުވަހުގެ ރޭ ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެވިޑް ކޮލެޖުގެ ޗެއާމަންގެ ބައްޕާފުޅުގެ ހަނދާނުގައި ދޭ "ނައިބު ރަޝާދު ސްކޮލާޝިޕް" 22 ދަރިވަރަކަށް ހޮނިހިރު ދުވަހުގެ ރޭ ދީފި އެވެ.

މި ސްކޮލާޝިޕް މިފަހަރު ހާއްސަކުރީ އެ ކޮލެޖުގެ ގދ. ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އާއި ފައުންޑޭޝަން ކޯސް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. އެ ދަރިވަރުންނަށް ލިޔުން ހަވާލުކުރެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ.

ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ އެކު އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު

ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ އެކު އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދު

މަރްހޫމް ނައިބް ރަޝާދަކީ ހުވަދު އަތޮޅަށް ތައުލީމީގޮތުން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ހަނދާން އާކުރުމަށްޓަކައި އެވިޑް ކޮލެޖުން ކޮންމެ އަހަރަކު މި ސްކޮލަޝިޕަށް ހުޅުވާލަ އެވެ. އެ ސްކޮލާޝިޕްގެ ދަށުން މިހާރު ވެސް 30 ދަރިވަރަކު މާލެ ކެމްޕަހުގައި ތައުލީމު ހާސިލްކުރެ އެވެ.