Roadha Mihaaru
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި

ޗިވަނިން ސްކޮލަޝިޕްގައި ކިޔަވަން ދާ ދަރިވަރުންނާ އިނގިރޭސި ސަފީރު ބައްދަލުކުރައްވައިފި

05 ސެޕްޓެމްބަރ 2024

ޗިވަނިން ސްކޮލަޝިޕްގައި މި އަހަރު ކިޔަވަން ދާ ދިވެހި ދަރިވަރުންނާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެރޮން ރޮޝްލާ ބައްދަލު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޗިވަނިން ސްކޮލަޝިޕްގައި މި އަހަރު ކިޔަވަން ދާ ދިވެހި ދަރިވަރުންނާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެރޮން ރޮޝްލާ ބައްދަލު ކުރައްވައިފި އެވެ.

ސަފީރު އެ ދަރިވަރުންނާ ބައްދަލުކުރެއްވީ ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެވެ.

މި އަހަރު ރާއްޖެއިން އަށް ދަރިވަރަކު މި ސްކޮލަޝިޕްގައި ކިޔަވަން ދެ އެވެ.

ބްރިޓިޝް ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު އެ ސްކޮލަޝިޕްގައި ކިޔަވަން ދާ އަށް ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރަކާ ސަފީރު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

ޗިވަނިން ސްކޮލަޝިޕަކީ އިނގިރޭސިވިލާތުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް އެ ގައުމުގެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އިންޓަނޭޝަނަލް ސްކޮލަޝިޕްގެ ފުރުސަތެކެވެ. އެ ސްކޮލަޝިޕްގައި ދުނިޔޭގެ އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލްކޮށްފަ އެވެ.

އެ ސްކޮލަޝިޕްގައި 2025-2026 އަށް ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.