ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން މިއަދު ފައިސާ ދައްކަވައިފި އެވެ.
11 ފެބުރުއަރީ 2019
ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން މިއަދު ފައިސާ ދައްކަވައިފި އެވެ.
މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫންގެ މައްޗަށް ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް 2.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި އެ ކުންފުނިން ކުރި އިމާރާތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ.
މައުމޫންގެ އާއިލާގެ އަރިސް ބޭފުޅަކު ވިދާޅުވީ އެ ހުކުމާ އެއްގޮތަށް، މިއަދު އެ ފައިސާ އެއްކޮށް ދައްކާފައިވާ ކަމަށެވެ.
އެ ހަތަރު ބޭފުޅުންގެ ފަރާތުން އެ ފައިސާ ދެއްކެވިއިރު، ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިދިޔަ ހަފުތާގައި ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރި ޣައްސާންގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލިޔަސް، އެ މައްސަލަ އަލުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ފާރިސް އާއި ޣައްސާނަކީ އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކަށް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރެވޭއިރު، ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ފާރިސް އާއި ޣައްސާނަށް މަޖިލީހަށް ކުރިމަތިލާން ހުރަހެއް ނެތެވެ. ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވަނީ އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ އެއްކޮށް ނުނިމި އޮތުމެވެ.
ދައުވާއަށް އިންކާރުކުރަން، އިމާރާތުގެ ފެންވަރު ދަށް
ދެ މިލިއަން ހޯދަން މައުމޫންގެ ބޭފުޅުންނަށް ދައުވާކޮށްފި
ދެ މިލިއަން ދައްކަން މައުމޫންގެ ބޭފުޅުންނަށް ޖެހިއްޖެ
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި
ކުރީގެ ފަސްޓް ލޭޑީ ނަސްރީނާގެ ކޮއްކޯފުޅު އަވަހާރަވެއްޖެ
މައުމޫންގެ އާއިލާ އަށް އަލީ ވަހީދު ފާޑުވިދާޅުވެއްޖެ
ޣައްސާންގެ "ސިޔާސީ ފައިދާ" ޔާމީން ނަންގަވާ: މައުމޫން
ފާރިސް އާއި ޣައްސާނުގެ ޝަރުތު ހަމަވޭތަ؟
ފާޑުކިޔަސް މި ލޯތްބަކަށް ބަދަލެއް ނައި!
މިއީ އެންމެ ހިތާމަވެރި އުފަންދުވަސް: ޔުމްނާ