Roadha Mihaaru
ގޫގުލް ޗިޕް ޑިޒައިންކުރަނާނެ މީހުން ހޯދަނީ

ގޫގުލް އަށް މައިކްރޮޗިޕް ޑިޒައިންކޮށްދޭނެ އިންޖިނޭރުން ހޯދަނީ

13 ފެބުރުއަރީ 2019

ގޫގުލް އަށް މައިކްރޮޗިޕް އިންޖިނޭރުން އެބަ ހޯދަ އެވެ. ބޭނުމަކީ ގޫގުލްގެ ޑިވައިސްތަކަށް ބޭނުންވާ ޗިޕްތައް އަމިއްލަ އަށް ޑިޒައިންކުރުމެވެ. ގޫގުލްގައި މިހާރު ވެސް މައިކްރޮޗިޕް އިންޖިނޭރުން މަސައްކަތްކުރެ އެވެ. އެއީ މި ސިނާއަތުގައި ފުންނާބު އުސް ފަންނީ މާހިރުންނެވެ. ބުނެވޭ ގޮތުގައި، އެއީ ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި އެންވީޑިއާގައި ވެސް މަސައްކަތްކޮށްފައި ތިބި އިންޖިނޭރުންނެވެ. އަމިއްލަ ހާޑްވެއާ ޔުނިޓެއް އުފެއްދުމަކީ ވެސް ގޫގުލްގެ ހުވަފެނެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އަމިއްލަ އަށް ހާޑްވެއާ އުފައްދަން ގޫގުލް ބޭނުންވާ ޚާއްސަ ސަބަބެއް އަދި ނޭނގެ އެވެ. މިއީ ގޫގުލްއިން ހާމަކުރުމުން ނޫނީ ޔަގީންވާނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ސިނާއަތުގައި ދެކެވޭ ވާހަކަށް ބަލާއިރު، ބާރުގަދަ ކުންފުނިތަކުން ހާޑްވެއާ އުފައްދަ އެވެ. މިސާލަކަށް އެޕަލް އަދި މައިކްރޮސޮފްޓް ނަގަމާ ހިނގާށެވެ. މި ދެ ކުންފުނިން ވެސް އަމިއްލަ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ އަމިއްލަ އަށް ޑިޒައިންކޮށް، އާލާތްތައް އުފެއްދުމުގެ މަރުހަލާތައް ކޮންޓްރޯލްކުރެ އެވެ.

މައިކްރޮސޮފްޓް ވިންޑޯޒް ފޯނުތައް އުފެއްދުނުން މިހާރު މެދުކަނޑާލާފައި ވި ނަމަވެސް، މައިކްރޮސޮފްޓްގެ ބޭނުމަކީ، މައިކްރޮސޮފްޓުން ވިންޑޯޒް ފޯނުތައް އުފައްދާ ގޮތަށް، އެހެން ކުންފުނިތަކުން ވެސް ވިންޑޯޒް އަށް ފޯނު އުފެއްދުމެވެ.

މައިކްރޮސޮފްޓް ސާފަސް ޓެބްލެޓްތަކަކީ އަމިއްލަ ހާޑްވެއާގައި އަމިއްލަ ސޮފްޓްވެއާ ހިންގާނެ ގޮތް ދަށްކުވައިދޭ ނަމޫނާއެކެވެ. ސާފަސް ހޯދަމުން ދާ ކުރިއެރުން ހޯދަން އެހެން ކުންފުނިތަކުން އެދޭ ނަމަ، އޮތީ މައިކްރޮސޮފްޓް ކޮޕީކުރުމެވެ.

ގޫގުލް އަކީ ވެސް ސްމާޓްފޯން މާކެޓްގައި ނަގާކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޕިކްސެލް ފޯނުތަކަށް ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑެވެ. ގޫގުލުން ދައްކުވައިދެނީ އަމިއްލަ ހާޑްވެއާ ޑިޒައިންގައި، އަމިއްލަ ސޮފްޓްވެއާ ހިންގާނެ މިސާލެކެވެ. ގޫގުލްގެ ކްރޯމްބުކް އަދި ސްމާޓްހޯމް ޑިވައިސްތައް ވެސް އަދި އެބަ ހުއްޓެވެ. މިއީ ވެސް މައިކްރޮޗިޕް ބޭނުންވާނެ އާލާތްތަކެކެވެ. ގޫގުލުން މައިކްރޮޗިޕް އިންޖިނޭރުން ހޯދަނީ މި ބުނި އާލާތްތައް ކުރިއެރުވުމުގައި އެހެން މީހުން ބަރޯސާކުރުން ހުއްޓާލުމަށް ކަމަށް ބުނެވެ އެވެ.