Roadha Mihaaru
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ

ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ

03 މާޗް 2020

ވާވޭއާ އެކު ވިޔަފާރިކުރުމަށް ހުއްދަ އަށް އެދި އެމެރިކާ ސަރުކާރަށް ގޫގުލް އިން ހުށަހަޅައިފި އެވެ. ގޫގުލުން މިކަން ކުރަންޖެހުނީ، ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާގެ ކުންފުނިތަކަށް މަނާކޮށްފައި އޮތުމުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވާވޭއާ އެކު ވިޔަފާރިކުރުމަށް ހުއްދަ އަށް އެދި އެމެރިކާ ސަރުކާރަށް ގޫގުލް އިން ހުށަހަޅައިފި އެވެ. ގޫގުލުން މިކަން ކުރަންޖެހުނީ، ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާގެ ކުންފުނިތަކަށް މަނާކޮށްފައި އޮތުމުންނެވެ.

މައިކްރޮސޮފްޓުން ވާވޭއާ އެކު ވިޔަފާރިކުރުމަށް މިދިޔަ ނޮވެމްބަރުގައި ސަރުކާރަށް ހުށަހެޅުމުން ވަނީ ހުއްދަ ލިބިފަ އެވެ. މި ހުއްދައިގެ ދަށުން، ވިންޑޯޒް އަދި ވިންޑޯޒްއާ ގުޅުހުން ހުރި ސޮފްޓްވެއާ އަދި ހާޑްވެއާ ގަނެ ވިއްކުމަށް މައިކްރޮސޮފްޓް އަށް ވަނީ މަގު ތަނަވަސް ވެފަ އެވެ.

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް އަކީ ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭ ކުންފުންޏެއް ކަމަށް ނިންމައި، އެމެރިކާ ސަރުކާރުން ވަނީ އެ ކުންފުންޏަށް ދަތިކުރަން ފަށާފަ އެވެ. ވާވޭއާ އެކު ވިޔަފާރިކުރުން ގޫގުލް އަށް މަނާމުވުން، އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ވާވޭ ސްމާޓްފޯނުތަކަށެވެ.

ވާވޭއާ އެކު އެމެރިކާގެ ވަރަށް ގިނަ ކުންފުނިތަކުން ކުރިން ވިޔަފާރިކުރި އެވެ. އެހެން ނަމަވެސް، ވާވޭއާ އެކު ވިޔަފާރިކުރުން މަނާވުމުން، އެމެރިކާ ކުންފުނިތަކަށް ވެސް މާލީ ގެއްލުންތައް ވަނީ ތަޖުރިބާކުރަންޖެހިފަ އެވެ. އަނެއްކޮޅުން، އެމެރިކާ ކުންފުނިތަކުން ވާވޭ އަށް ޓެކްނޮލޮޖީ ނުވައިކައިފި ނަމަ، އޭގެ ބަދަލުގައި ބޭނުންކުރުމަށް ޗައިނާއިން ވަނީ ޓެކްނޮލޮޖީ އުފައްދަން ފަށައިފަ އެވެ.

މައިކްރޮސޮފްޓުން ވިންޑޯޒް ނުވިއްކައިފި ނަމަ، ޗައިނާ ސަރުކާރުން ވަނީ މައިކްރޮސޮފްޓް ވިންޑޯޒް މުޅިން ދޫކޮށްލައި، ސަރުކާރު އޮފީސްތަކުގައި ބޭނުންކުރުމަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން ގޮވާލާފަ އެވެ.

ގޫގުލް އިން އެންޑްރޮއިޑް ލައިސަންސް ވާވޭ އަށް ނުދީފި ނަމަ، ބަދަލުގައި ބޭނުންކުރުމަށް އެޕްލިކޭޝަން ސްޓޯރެއް އުފެއްދުމަށް ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުން ވަނީ މަސައްކަތް ފަށާފަ އެވެ. ގޫގުލް އަށް ވާވޭ މުހިންމުވެގެން މިހާރު އެ އުޅެނީ މި ޚަބަރާ ހެދި އެވެ.