ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުގައި ހުންނެވި ދުވަސްވަރު ބޭސްފަރުވާ އަށް އިހުމާލުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ނިންމައިފި އެވެ.
12 ފެބުރުއަރީ 2019
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުގައި ހުންނެވި ދުވަސްވަރު ބޭސްފަރުވާ އަށް އިހުމާލުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ނިންމައިފި އެވެ.
މައުމޫނަށް ސިއްހީ މައްސަލަތަކެއް ދިމާވެފައިވަނިކޮށް، އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނެ، އެމަނިކުފާނުގެ އާއިލާ އިން އެޗްއާރުސީއެމަށް މައްސަލަ ހުށަހެޅީ އެމަނިކުފާނު ޖަލުގައި ހުންނެވި އިރު އެވެ. އެޗްއާރުސީއެމްގެ ސަމާލު ކަމަށް އެތައް ފަހަރަކު އޭރު ގެނައި ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ނުބަލާ ކަމަށް ބުނެ، އެ ކޮމިޝަނަށް އެތައް ފާޑު ކިއުމެއް އަމާޒުވި އެވެ.
އެޗްއާރުސީއެމުން ހަމައެކަނި ބުނީ މައުމޫން ޖަލުގައި ހުންނެވި ދުވަސްވަރު ބޭސްފަރުވާ އަށް އިހުމާލުވި މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީ އަށް ފޮނުވަަަަންް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ދައުވާކުރުމަށް އެދެނީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އެޗްއާރުސީއެމުން ނުބުނެ އެވެ. މާފުށީ ޖަލުގައި މައުމޫން ބަލަހައްޓަމުން ގެންދިޔައީ ކަރެކްޝަނަލް ސާވިސްގެ ގާޑުންނެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، މައުމޫން ހައްޔަރުކޮށް، ޖަލުގައި އަށް މަސް ދުވަސް ވަންދެން ގެންގުޅުނު އިރު، އެމަނިކުފާނަށް ސިއްހީ ގޮތުން އެތައް މައްސަލަތަކެއް ދިމާވެ، އެކި ފަހަރު މަތިން މާލެ ގެންނަން ޖެހުނެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ވަނީ ޖަލުގައި ހުންނެވިއިރު ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވައިފަ އެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަވަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.
މައުމޫން ހައްޔަރުކޮށް ޖަލުގައި ބެހެއްޓުމަށް ފަހު، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާކޮށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ހުކުމް ވެސް ކުރި އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އަދި މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް މައުމޫންގެ މައްޗަށް ކުރި އެވެ. އެ ދައުވާ މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް
މައުމޫން، އައިޖީއެމްއެޗަށް ގެނެސްފި
މައުމޫން، މާފުށީ ޖަލުން ދޫނިދު އަށް ބަދަލުކޮށްފި
މައުމޫނާއި ދެ ފަނޑިޔާރުން މާފުށީ ޖަލަށް ބަދަލުކޮށްފި
މައުމޫނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފި
ފާރިސް ޖަލުގައި އެއް މަސް، މައުމޫން ހިތްހަމަނުޖެހިއްޖެ
އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ލިބެން ޖެހޭ: މައުމޫން
އަދީބު ހޮހޮޅައިގައި އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
މަހްލޫފް އެކަހެރިކޮށްފައި ބަހައްޓާތީ އެޗްއާރުސީއެމަށް
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި