Roadha Mihaaru
މައުމޫނާއި ދެ ފަނޑިޔާރުން މާފުށީ ޖަލަށް ބަދަލުކޮށްފި

މައުމޫނާއި ދެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން މާފުށީ ޖަލަށް ބަދަލުކޮށްފި

25 މާޗް 2018

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުންނާއި ސިޔާސީ ގިނަ ބޭފުޅުންތަކެއް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުންނާއި ސިޔާސީ ގިނަ ބޭފުޅުންތަކެއް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މައުމޫންގެ އިތުރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މާފުށީ ޖަލަށް ބަދަލު ކުރި ކަން ވަނީ ކަށަވަރުވެފަ އެވެ.

މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ޕީޖީން ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގަތުމަށްޓަކައި ފާރިސް (ކުރީގައި) އާއި ސިޔާދު (ފަހަތުގައި) ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ވަޑައިގަތުމަށްޓަކައި ފާރިސް (ކުރީގައި) އާއި ސިޔާދު (ފަހަތުގައި) ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

އެކަމަކު މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މީގެއިތުރުން ޓެރަރިޒަމްގެ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް މީގެކުރިން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ތެރެއިން އެނގިފައިވާ ގޮތުގައި މާފުށީ ޖަލަށް ބަދަލު ނުކުރަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އެކަންޏެވެ. ސިނާން މި ވަގުތު ހުންނެވީ ދޫނިދޫ ޖަލުގައި ކަމަށްވެ އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ހައްޔަރުކޮށްފައި ވާއިރު، އޭނާ ވެސް ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ. --ފޮޓޯ: މިހާރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ފުލުހުންގެ ލޯންޗެއްގައި ދޫނިދޫއަށް ގެންދަނީ. --ފޮޓޯ: މިހާރު

ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު އަދި ހުންނެވީ ދޫނިދޫގަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އަދި އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނި ގޮތުގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއްކަން ސާފުވެ އެވެ.

ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ޓެރަރިޒަމްގެ ކުށެއް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން ވެސް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.