ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
13 ފެބުރުއަރީ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އެދިގެންނެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ އެމަނިކުފާނުގެ ފަރާތްޕުޅުންނެވެ.
އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ފަށަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފްރީޒްކުރި އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާ ހުއްޓެވެ. ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވެ އެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވަނީ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށާއިރު، ދައުލަތުން މިހާރު ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
އެކައުންޓްތަކުގައި އަތްލުމުގެ ބާރު ފުލުހުންނަށް ދޭންވީ؟
އެކައުންޓް ފްރީޒްކުރި މައްސަލާގެ އަޑުއެހުންތައް ނިމިއްޖެ
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ އަލުން ހައްޔަރު
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ރައުދު ބަންދުން ދޫކޮށްލައިފި
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
"ކުށްވެރިންގެ ސުވަރުގެއަކަށް ރާއްޖެ ދަނީ ބަދަލުވަމުން"
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މީހަކު މަރުވި އެކްސިޑެންޓްގައި ބަންދުކުރީ ރަނގަޅަށް