14 ފެބުރުއަރީ 2019
އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ނެދަލެންޑްސްގެ އަޔަކްސް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ނެދަލެންޑްސްގެ އަޔަކްސް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
އެންމެ ފަހުން ތިން ފަހަރު ތަށި އުފުލާލި ޓީމަށް ރޭގެ މެޗުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. އަޔަކްސް އިން 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި ވާދަކުރާއިރު، ރޭގެ މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ އަޔަކްސް އިންނެވެ. ފުރަތަމަ ހާފުގައި އަޔަކްސްގެ އާޖެންޓީނާ ފުލްބެކް ނިކޮލަސް ޓަގްލިއަފީކޯ ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު މެޗުގެ ރެފްރީ ވަނީ އެ ލަނޑު ގަބޫލުނުކުރަން ނިންމައިފަ އެވެ. އެކަމާ މެދު އަޔަކްސް ބެންޗުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފުރަތަމަ ހާފުގައި އަޔަކްސް އަށް ކުޅެމުން އަންނަ ސާބިއާގެ މިޑްފީލްޑަރު ޑޫސަން ޓަޑިޗް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ރެއާލުން ކުރިއަށް ޖެހިގެން ކުޅެމުންދިޔައިރު، އެ ޓީމަށް މެޗުގެ 60 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ކަރިމް ބެންޒެމާ އެވެ. އަޔަކްސްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ވިނީޝިއަސް ޖޫނިއާ ދިން ބޯޅަ ބެންޒެމާ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ.
ރެއާލުން ލީޑުނެގުމުން އަޔަކްސް އިން ކުރިއަށް ޖެހިގެން އެޓޭކް ރަނގަޅުކުރި އެވެ. ނަތީޖާ އަކަށްވީ މެޗުގެ 75 ވަނަ މިނިޓްގައި ހަކީމް ޒިޔެޗް އަޔަކްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. ރެއާލް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މާކޯ އަސެންސިއޯ އެވެ.
ރެއާލުގެ މައްޗަށް އަޔަކްސް އިން އެންމެ ފަހުން ކުރި ހޯދީ މީގެ 24 އަހަރު ކުރިންނެވެ. ރޭގެ މެޗަށް ފަހު އަޔަކްސްގެ ކޯޗު އެރިކް ޓެން ހަގް ބުނީ މި މެޗުގައި ރެއާލުގެ މައްޗަށް ކުރިހޯދޭނެ ވަރަށް ފުރުސަތު ތަނަވަސްކުރި ކަމަށާއި މައްސަލަ އަކަށް ދިމާވީ ލީޑުނަގަން ޖެހި ގޯލު އޮފްސައިޑްވުމުން ކަމަށެވެ.
"އަހަންނަށް ފެނުނު ގޮތުގައި އެ އޮފްސައިޑެއް ނޫން. ދެން ވީއޭއާރްގެ އެހީގައި ރެފްރީ ނިންމުން އެއީ ފަހުގެ ނިންމުން. އެ ނިންމުމުގެ ސަބަބުން ކުޅުންތެރިން ކުޅެމުން އައި ސްޕީޑަށް އަސަރުތަކެއް ކުރި. ހަގީގަތުގައި މިއީ އަހަރެމެން ބަލިވާން ޖެހޭ މެޗެއް ނޫން،" އެރިކް ބުންޏެވެ.
ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނީ މިއީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި ރެފްރީގެ ނިންމުންތަކާ މެދު ފާޑުކިޔުމަކީ ފުޓްބޯޅައިގައި އޭނާ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.
ޑޯޓްމަންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސޮން އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ރޭ ކުޅުނު އަނެއް މެޗުން ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޓްގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ތިން ގޯލު ވެސް އެ ޓީމުން ކާމިޔާބުކުރީ މެޗުގެ ދެ ވަަނަ ހާފުގަ އެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑެލެ އަލީ އާއި ހެރީ ކޭން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިއިރު، ރޭގެ މެޗުގައި ޓޮޓެންހަމްގެ އެޓޭކް ފެނުނީ ކުރިން މެޗުތަކާ ހިލާފަށް ވަރުގަދަ ކޮށެވެ.
މި މެޗުގައި ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ސޮން ހެއުން މިން އާއި ޔެން ވާޓޮންގެން އަދި ފެނާންޑޯ ލޮރެންޓޭ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ މިނިޓް ތެރޭ ސޮން ޓޮޓެންހަމަށް ލީޑުނަގައިދިންއިރު، އެ ޓީމުން އަނެއް ދެ ގޯލު ޖެހީ ފަހު ދިހަ މިނިޓް ތެރޭގަ އެވެ.
ޓޮޓެންހަމްގެ ކޯޗު މަައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މެޗުން ތިން ގޯލުގެ ތަފާތުން މޮޅުވި ކަމުގައި ވިޔަސް އަދި އަނެއް ބުރު ޔަގީންކުރުމަކީ ހެދޭނެ ގޯހެއް ކަމަށާއި ޑޯޓްމަންޑް ދަނޑުގައި ކުޅޭ މެޗުތަކުގައި އެ ޓީމުން އާދަޔާހިލާފު ހިތްވަރެއް ނެރެގެން ކުޅޭ ކަމަށެވެ.
މިއީ ޖަރުމަނުގެ ޓީމެއް އަތުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް މެޗެއްގައި އަމިއްލަ ދަނޑުގައި އިނގިރޭސި ޓީމެއް 2011 ވަނަ އަހަރަށް ފަހު ހޯދި ފުރަތަމަ މޮޅެވެ. އެ ފަހަރުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ޝާލްކާ ބަލިކޮށްފަ އެވެ.
ރެއާލާއި ޑޯޓްމަންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ
15 ވަނަ ފަހަރު: ޔޫރަޕްގެ ކިންގަކީ ރެއާލް މެޑްރިޑް
"ފައިނަލްގެ ކުރިން ކުޅުންތެރިންނަށް ބިރު އިހްސާސްވޭ"
ޑޯޓްމެންޑުންތިބީ ރެއާލް ބަލިކުރެވޭނެކަމަށް ގަބޫލުކޮށްގެން
ލައިޕްޒިގުން ރެއާލްގެ ބަލި ނުވުމުގެ ރެކޯޑް ނިންމާލައިފި
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
ޑޯޓްމަންޑް ބަލިކޮށް އަޔެކްސް ދެވަނަ ބުރަށް
ޑޯޓްމަންޑް ބަލިވެ، ރެއާލް އާއި އިންޓަ މޮޅުވެއްޖެ
މެޗުން މޮޅުވެ ރެއާލާއި ޓޮޓެންހަމަށް ހަމަނޭވާއެއް