Roadha Mihaaru
ރެއާލާއި ޑޯޓްމަންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް

ޗެމްޕިއަން ރެއާލާއި ޑޯޓްމަންޑް އަދި ޓޮޓެންހަމް އެއް ގްރޫޕަކަށް

24 އޯގަސްޓް 2017

މޮނާކޯ، ފްރާންސް (އޮގަސްޓް 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ސައިސްޕްރަސްގެ އަޕޮއެލް ނިކޮސިއާއާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މޮނާކޯ، ފްރާންސް (އޮގަސްޓް 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ސައިސްޕްރަސްގެ އަޕޮއެލް ނިކޮސިއާއާ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އެއާ އެކު ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ރެއާލަށް ބަދަލުވި ގަރެތު ބޭލް ވާދަވެރި މެޗެއްގައި ފުރަތަމަ ފަހަރަށް ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ. ޓޮޓެންހަމް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ފަަހަނައަޅައި ދިޔަ ފަހަރު އެ ޓީމު ކެޓީ ރެއާލް އަތުންނެވެ.

ދެ އަހަރު ފަހުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ އިންގްލެންޑުގެ ލިވަޕޫލް ދިޔައީ ރަޝިއާގެ ސްޕާޓާ މޮސްކޯ އާއި ސްޕެއިނުގެ ސެވިއްޔާގެ އިތުރުން ސްލޮވީނިއާގެ މަރިބޯ އާ އެއް ގްރޫޕަކަށެވެ.

ސްޕެއިނުގެ ބާސެލޯނާ ދިޔައީ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ގްރީސްގެ އޮލިމްޕިއާކޯސް އަދި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ އެއް ގްރޫޕެއްގަ އެވެ. ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ދިޔައީ ފްރާންސްގެ ޕީއެސްޖީ އާއި ބެލްޖިއަމްގެ އެންޑަލެކްޓާއި ސްކޮޓްލެންޑުގެ ސެލްޓިކާ އެއް ގްރޫޕަކަށެވެ.

އިނގިރޭސި ޗެމްޕިއަން ޗެލްސީ ވާދަކުރަން ޖެހެނީ ސްޕެެއިނުގެ އެތުލެޓިކޯ މެޑްރިޑާއި އިޓަލީގެ ރޯމާގެ އިތުރުން އަޒަރުބައިޖާންގެ ކްލަބް ގަރަބަޖްއާ އެއް ގްރޫޕެއްގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕްތައް:

ގްރޫޕް އޭ: ބެންފީކާ (ޕޯޗުގަލް)، މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)، ބަސެލް (ސްވިޒަލެންޑް)، ސީއެސްކޭ މޮސްކޯ (ރަޝިއާ)

ގްރޫޕް ބީ: ބަޔާން މިއުނިކް (ޖާމަނީ)، ޕީއެސްޖީ (ފްރާންސް)، އެންޑަލެކްޓް (ބެލްޖިއަމް)، ސެލްޓިކް (ސްކޮޓްލެންޑް)

ގްރޫޕް ސީ: ޗެލްސީ (އިންގްލެންޑް)، އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)، ރޯމާ (އިޓަލީ)، ގަރަބަޖް (އަޒަރުބައިޖާން)

ގްރޫޕް ޑީ: ޔުވެންޓަސް (އިޓަލީ)، ބާސެލޯނާ (ސްޕެއިން)، އޮލިމްޕިއާކޯސް (ގްރީސް)، ސްޕޯޓިން ލިސްބަން (ޕޯޗުގަލް)

ގްރޫޕް އީ: ސްޕާޓާ މޮސްކޯ (ރަޝިއާ)، ސެވިއްުޔާ (ސްޕެއިން)، ލިވަޕޫލް (އިންގްލެންޑް)، މަރިބޯ (ސްލޮވީނިއާ)

ގްރޫޕް އެފް: ޝަހުތަރު ޑޮނެސްކް (ޔޫކްރޭން)، މެންޗެސްޓާ ސިޓީ (އިންގްލެންޑް)، ނަޕޯލީ (އިޓަލީ)، ފެޔަނޫޑް (ނެދަލެންޑްސް)

ގްރޫޕް ޖީ: މޮނާކޯ (ފްރާންސް)، ޕޯޓޯ (ޕޯޗުގަލް)، ބެސިކްޓާސް (ތުރުކީ)، އާރްބީ ލިޕްޒިގު (ޖާމަނީ)

ގްރޫޕް އެޗް: ރެއާލް މެޑްރިޑް (ސްޕެއިން)، ބޮރޫޝީއާ ޑޯޓްމަންޑް (ޖާމަނީ)، ޓޮޓެންހަމް (އިންގްލެންޑް)، އަޕޮއެލް ނިކޮސިއާ (ސައިޕްރަސް)