Roadha Mihaaru
ޝޯމީގެ ފޯން ޝިޕްމަންޓެއް ފޭރިގެންފި

ޝޯމީ ފޯނުތަކެއް އަރުވައި ބަރާކޮށްފައި އޮތް ލޮރީއެއް ލޫޓުވައިފި

17 ފެބުރުއަރީ 2019

އިންޑިއާގައި، އެ ގައުމުގައި މަގުބޫލު ޝޯމީ މަރުކާގެ ފޯނުތަކެއް އަރުވައި ބަރާކޮށްގެން ދަތުރުކުރި ލޮރީއެއް ލޫޓުވައިފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އިންޑިއާގައި، އެ ގައުމުގައި މަގުބޫލު ޝޯމީ މަރުކާގެ ފޯނުތަކެއް އަރުވައި ބަރާކޮށްގެން ދަތުރުކުރި ލޮރީއެއް ލޫޓުވައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި، ލޮރީ ދަތުރުކުރީ ބޮޑު ޝިޕްމަންޓެއް ބަރުކޮށްގެންނެވެ. މި ހާދިސާއާ ބެހޭ ގޮތުން ޝޯމީން އަދި އެއްޗެއް ނުބުނެ އެވެ. ނަމަވެސް، ބެލެވޭ ގޮތުގައި، މިއީ މުޅިން އާ ފޯނުތަކެއް ކަމަށް ބެލެވެ އެވެ.

އިންޑިއާގައި ޝޯމީ ފޯނު އުފައްދަ އެވެ. ޝޯމީ ފެކްޓަރީތައް ބިނާކޮށްފައި ވަނީ އިންޑިއާގައި ފޯނުތައް އަގު ހެޔޮކުރުމަށެވެ. އެހެންކަމުން، އިންޑިއާގެ އެކި އަވަށްތަކުގައި ހިންގާ ޝޯމީ ފިހާރަތަކަށް ފޯނުތައް ގެންގޮސް، ސްޓޮކް އާކުރުމުގެ މަސައްކަތްތަކުގައި އެތައް ބަޔަކު ހަރަކާތްތެރިވާނެ ކަމަށް ބެލެވެ އެވެ.

ނޫހުން ބުނި ގޮތުގައި، ޝޯމީ ފޯނުތައް އަރުވައިގެން ދަތުރުކުރި ލޮރީ ލޫޓުވާފައި ވަނީ، ޑްރައިވަރު ވަރުބަލިފިލުވާލަން މަޑުކުރި ވަގުތަކާ ދިމާކޮށެވެ. ޑްރައިވަރު ގަހަކާލައި ބަނދެ، ލޮރީ އެހެން ތަނަކަށް ގެންގޮސް، އޭގައި ހުރި ފޯނު ޝިޕްމަންޓް އެހެން ލޮރީއަކަށް ބަދަލުކުރިކަން ކަށަވަރުވާ ކަމަށް ފުލުހުން ވެސް ބުނެ އެވެ.

ސްމާޓްފޯން ކުންފުނިތަކަށް، ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ފޯރިގަދަ ދުވަސްތަކަކަށް ވެ އެވެ. އާ އަހަރަށް ޚާއްސަ، އާ މޮޑެލްތައް ބާޒާރަށް ނެރެ، ވާދަވެރިންނާ އެއް ހަމައެއްގައި ހިފަހައްޓާލުމަށް މަސައްކަތްކުރެ އެވެ. ފާއިރުވި އަހަރަށް ވުރެ މާލީ ގޮތުން ތަވަނަސް އަހަރަކަށް ހެދޭތޯ ވެސް ލައްކަ މަސައްކަތްކުރެ އެވެ.