ގއ. ވިލިނގިލީގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ މަރާލައިފައިވާ ކަމަށް ޝައްކު ކުރެވެން ފަށައިފި އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، އޮތީ ޒަހަމްތަކަކާ އެކު އެވެ.
17 ފެބުރުއަރީ 2019
ގއ. ވިލިނގިލީގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ މަރާލައިފައިވާ ކަމަށް ޝައްކު ކުރެވެން ފަށައިފި އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު، އޮތީ ޒަހަމްތަކަކާ އެކު އެވެ.
ވިލިނގިލީގައި ދިރިއުޅެމުން އަންނަ، އައްޑު އަށް ހުސައިން ސިމާދު 39، ފެނިފައި ވަނީ ވިލިނގިލި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ސިމާދުގެ ހަށިގަނޑު ފެނިފައި ވަނީ އެ ރަށު އުތުރުފަރާތުގައި ހުރި ދޯނި ބަންނަ ހަރުގެއެއްގެ ކައިރިން ކަމަށާއި، އޭނާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ފުލުުހުން ބުންޏެވެ.
"އޭނާގެ ގައިގައި ހުރީ ފިހިފައި ހުރި ޒަހަމްތަކެއް. އެކަމަކު ތޫނު އެއްޗަކުން ހަމަލާއެއް ދީފައިވާ ކަމަށް ނުބެލެވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ސިމާދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް އެ ތަނުން ބުންޏެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުސްތޮފާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު މީހާގެ ކަރުގެ އެކި ތަންތަނުގަިއ ޒަހަމްތައް ހުއްޓެވެ.
"އޭނާގެ ކަރުގެ ދެ ތަނަކުން ހުރީ ހަންގަނޑު ނޮޅިފައި. ފައިގައި ވެސް އެކަހަލަ ގޮތަކަށް ހުރި. ހީވަނީ ކަރަންޓު ނޫނީ އަލިފާނުން ލިބުނު އަނިޔާތަކެއް ކަމަށް،" މުސްތޮފާ ވިދާޅުވި އެވެ.
މީގެ އިތުރުން ސިމާދު ހޯދަން އިއްޔެ ހަވީރުން ފެށިގެން އޭނާގެ އާއިލާ އިން މަސައްކަތްކުރި ކަމަށް މުސްތޮފާ ވިދާޅުވި އެވެ.
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
"ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ބަދަލުތައް ގެނެސްގެން"
ޒަކިއްޔާގެ ދަރިފުޅު ދޫކޮށްލައިފި
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ