Roadha Mihaaru
ހަޅޭއްލަވައިގެން ދަރިން އިސްލާހެއް ނުވާނެ

ހަޅޭއްލަވައިގެން ދަރިން އިސްލާހެއް ނުވާނެ

18 ފެބުރުއަރީ 2019

ދަރިން ބަލަންޖެހޭ ކޮންމެ މީހަކަށް ވެސް، ޖަޒުބާތު ކޮންޓްރޯލް ނުވެ ދަރިންނާ ދިމާލަށް ބާރަށް އެއްޗެކޭ ބުނެވޭ ފަހަރު އަތުވެދާނެ އެވެ. ނުރުހެވޭ ގޮތަކަށް ދަރިއަކު އުޅޭ ނަމަ އެންމެ ފަސޭހައިން އެކަމެއް ހުއްޓާލަނީ ބާރަށް ބުނެގެން ނުވަތަ ހަޅޭއްލަވައިގަތުމުން ކަމަށް ވެސް ވެދާނެ އެވެ. އެހެންވެ ބައެއް ބެލެނިވެރިން މިގޮތަށް އަމަލު ވެސް ކުރެ އެވެ. އެކަމަކު މިއީ ދަރިންނަށް، ދިގު މުއްދަތަކަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

ދަރިން ބަލަންޖެހޭ ކޮންމެ މީހަކަށް ވެސް، ޖަޒުބާތު ކޮންޓްރޯލް ނުވެ ދަރިންނާ ދިމާލަށް ބާރަށް އެއްޗެކޭ ބުނެވޭ ފަހަރު އަތުވެދާނެ އެވެ. ނުރުހެވޭ ގޮތަކަށް ދަރިއަކު އުޅޭ ނަމަ އެންމެ ފަސޭހައިން އެކަމެއް ހުއްޓާލަނީ ބާރަށް ބުނެގެން ނުވަތަ ހަޅޭއްލަވައިގަތުމުން ކަމަށް ވެސް ވެދާނެ އެވެ. އެހެންވެ ބައެއް ބެލެނިވެރިން މިގޮތަށް އަމަލު ވެސް ކުރެ އެވެ. އެކަމަކު މިއީ ދަރިންނަށް، ދިގު މުއްދަތަކަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

ތިޔައީ ދަރިން ތަރުބިއްޔަތު ކުރުމަށް ހަޅޭއްލަވާ ބެލެނިވެރިޔަކަށް ވެދާނެ އެވެ. އެކަމަކު ދެރަނުވާށެވެ. އަޑުލައި ހެދުމުގެ ބަދަލުގައި، ދަރިންނަށް އިހްތިރާމާ އެކު މުއާމަލާތުކުރާ މީހަކަށް ބަދަލުވެވިދާނެ އެވެ.

ދަރިންނަށް ހަޅޭއްލަވަނީ ކީއްވެ؟

ކުރުކޮށް ބުނާ ނަމަ، މިއީ ވަރުބަލިވެ ރުޅިގަދަވުމުގެ ނަތީޖާ އެވެ. އެކަމަކު ހަޅޭއްލެވުމަކީ އެއްވެސް ކަމެއްގެ ހަލެއް ނޫނެވެ. ބާރަށް ބުނުމުން، ފަހަރެއްގައި ދަރިންގެ އަޑު މަޑުވެ، ބުނާ ގޮތަށް އިރުކޮޅަކު އުޅެފާނެ އެވެ. މިއީ ކުއްޖާގެ އުޅުމާއި އަހްލާގު ރަނގަޅު ގޮތަކަށް ބަދަލުވުމެއް ނޫނެވެ. މިއީ ވަކި ގޮތަކަށް އުޅުން ބެހެއްޓުމުގެ ނަތީޖާ އާއި އެކަމާ ގުޅިގެން ކުރިމަތިވެދާނެ ކަންކަން އަމިއްލަ އަށް ވިސްނާލަން ފުރުސަތު ނުދީ ބިރުވެރިކަމެއްގެ ތެރެއަށް ގަންބާލުމެވެ.

ހަޅޭއްލެވުމުގެ ނަތީޖާ އަކީ ކޮބާ؟

ކުޑައިރު ހަޅޭކުގެ ތަޖުރިބާ ކުރެވިފައިވާ ނަމަ ޔަގީންވާނެ ކަމެއް އޮންނާނެ އެވެ. އެއީ ރުޅި އައިސް ބާރަށް ބުނާ އެއްވެސް ވާހަކައެއް ސާފުނުވާ ކަމެވެ. ދަރިންނަށް ވެސް ވާނީ ހަމަ އެހެންކަން ގަބޫލުކުރާށެވެ. ކުދިންނާ ދިމާލަށް ބާރަށް އެއްޗެހި ބުނާ ނަމަ އެ ކުދިންގެ އުޅުން އިސްލާހުކުރަން ވާނީ އުނދަގުލެވެ. އެއީ، ބާރަށް ބުނާ ކޮންމެ ފަހަރަކީ ކުއްޖާ އަށް އެ ކަމެއް ބަލައިގަންނާނެ ގޮތެއް ނޭނގި، ހާސްކަމެއްގެ ތެރެއަށް ދާނެ ކަމަކަށް ވާތީ އެވެ.

ފަހުގެ ދިރާސާތަކުން ދައްކަނީ ހަޅޭއްލަވައިގެން ތަރުބިއްޔަތުކުރާ ކުދިން ޖިސްމާނީ ގޮތުންނާއި މުއާމަލާތު ކުރުމުގައި ހަރުކަށިވާ ކަމަށެވެ. ހަޅޭއްލަވަނީ ކޮންމެ ހާލަތެއްގައި ނަމަވެސް އޭގެ މާނަ އަކީ ރުޅިވެރިކަމެވެ. އެކަމުން ދަރިން ގަންނާނީ ބިރެވެ. ނަތީޖާ އަކީ އެ ކުދިންނަށް ރައްކާތެރިކަމެއް ނެތް ކަމުގެ އިހްސާސް ކުރެވުމެވެ. އެކަމަކު ދަރިންނާ ވާހަކަ ދައްކަނީ މަޑުމައިތިރިކަމާ އެކު، އެ ކުދިންނަށް މައިންބައިންނާ މެދު އިތުބާރު އުފެދޭ ގޮތަށް ނަމަ އެ ކުދިން ދެކެ ލޯބިވާ ކަމުގެ އިހްސާސް ކުރެވި ކަންކަން އިސްލާހުކުރަން އަމިއްލަ އަށް ވިސްނާނެ އެވެ.

ހަޅޭކަކީ ދަރިންނަށް ދެވޭ އަނިޔާއެކެވެ. އެހެންވެ މި އަނިޔާ ތެރޭގައި ގިނަ ދުވަހު އުޅެން ޖެހުމުން އަމިއްލަ ނަފްސަށް އިތުބާރު ކުޑަވުމާއި އެންޒައިޓީ ފަދަ ނަފްސާނީ މައްސަލަތަކާ ކުރިމަތިވެ އެވެ. އަދި މިފަދަ ކުދިންނަކީ ހަރުކަށި ކަމަށް ލޯބިކުރާ ކުދިންނަށްވެ އެވެ. ބުލީކުރުމާއި އެހެން ކުދިންނަށް ގޯނާކުރުމުގެ އާދަ ވެސް މިފަދަ ކުދިންގެ ކިބައިގައި އަށަގަނެ އެވެ.

ހަޅޭއްލެވުމުގެ ބަދަލުގައި ކުރެވޭނީ ކީއް؟

އެންމެ ބަސް އަހަނީ އަދި ފަސޭހައިން އިސްލާހުކުރެވެނީ މައިންބަފައިންނާ ގާތް ގުޅުމެއް އުފެދިފައި ތިބޭ ކުދިންނެވެ. ކުދިންނަށް މައިންބަފައިންގެ ފަރާތުން ލޯބި ލިބި، ރައްކާތެރިކަމުގެ ޔަގީންކަން އިހްސާސްވާ ނަމަ، މަޑުމަޑުން ބުނާ އެއްޗެއް މާ ފަސޭހައިން އެނގި އެގޮތަކަށް އަމަލުކުރާނެ އެވެ.

އިސްލާހުވާން ހަދާނީ ކިހިނެއް؟

ދަރިންގެ ފަރާތުން ފެންނަ ކަމަކާ ހެދި ރުޅި ގަދަވެ ބާރަށް އެއްޗެއް ބުނެވިދާނެހެން ހީވާ ނަމަ، އެ ކަމެއް ހިނގާ ތަނަކުން ދުރަށް ދާށެވެ. ދުރުގައި ހުރެ، ފުން ނޭވާއެއް ލައި، ހަމަޖެހިލައިގެން ގޮސް، އެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.

ކުދިންނަށް އިހްސާސްތައް ކިޔައިދޭށެވެ. ކޮންމެ މީހަކީ ވެސް ދެރަވުމާއި އުފާވުމާއި ރުޅި ހުންނާނެ މީހެއްކަން ބުނެދޭށެވެ. އެގޮތުން، ދަރިން އުޅޭ ގޮތުން މައިންބަފައިންނަށް ކުރާނެ އަސަރުތައް ކިޔައިދޭށެވެ. އޭރުން މައިބަފައިންނަށް އިހްތިރާމްކުރުމުގެ ގޮތުން ކުދިންގެ އުޅުމަށް ބަދަލު ގެންނަން ފަށާނެ އެވެ.

ކުއްޖަކު ގޯސް ކަމެއް ކުރިޔަސް އެ ކުއްޖެއްގެ ގަދަރު ކުޑަވާ ގޮތަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ހަމަޖެހިލައިގެން ހުރެ ވާހަކަ ދައްކާށެވެ. އެކަމަކު އެ ކުރި ކަމެއްގެ ނިސްބަތުން ނަސޭހަތް ހަރުކަށި ކުރާށެވެ.

އިންޒާރު ދިނުމުގެ ބަދަލުގައި، އެ ކަމެއްގެ ނަތީޖާ ކިޔައިދޭށެވެ. ކުދިންނަށް އިންޒާރު ދިނުމާއި އަދަބު ދިނުމުން ކުދިންގެ ހިތުގައި ރުޅިވެރިކަމާއި ނަފްރަތު އިތުރުވުން ނޫން ކަމެއް ނުވާނެ އެވެ.

ކުދިންނަށް ބޭނުންވާ އަސާސީ ކަންކަމާ މެދު ފަރުވާތެރިވާށެވެ. ނިދުމާއި ހައިހޫނުކަން ފިލުވައިދިނުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެ އެވެ. -- ހެލްތު ލައިން