Roadha Mihaaru
ޖަލުތަކުގައި ވޯޓުލީ މީހުން ރީ-ރަޖިސްޓްރީ ކުރަން ޖެހޭ

ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓު ލީ މީހުން ރީ-ރަޖިސްޓްރީ ވާން ޖެހޭ: އީސީ

20 ފެބުރުއަރީ 2019

ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓު ލީ މީހުން އަލުން ރީ-ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓު ލީ މީހުން އަލުން ރީ-ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓު ލީ މީހުން މިހާރު ވާނީ އެ މީހުން ރަށަށް އަލުން ރަޖިސްޓްރީ ކޮށްފައި ކަމަށެވެ.

އީސީ އިން ކުރިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުުުުުުުުގެ އިންތިހާބުގައި ވޯޓު ލާން ބޭނުން މީހުން ރީ-ރަޖިސްޓްރީ ވާން ޖެހޭނީ މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން ބޭނުން ނަމަ އެވެ. އެހެން ނަމަވެސް މި ބަދަލާ އެކު މިދިޔަ ރިޔާސީ އިންތިހާބުގައި ޖަލުގައި ވޯޓު ލީ މީހުން، އަންނަ މަޖިލިސް އިންތިހާބުގައި ވެސް ޖަލުގައި ވޯޓު ލާން ބޭނުން ނަމަ، ޖެހޭނީ އަލުން ރީ-ރަޖިސްޓްރީ ވާށެވެ.

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައި ވަނީ އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ. ރީ ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ރަށްތަކުގެ އަދި ސިޓީތަކުގެ އިދާރާތަކުން ލިބޭނެ އެވެ. މާލެ އިން ނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިންނެވެ.