ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ 42 ބޭފުޅެއްގެ ފޯމް އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިިފި އެވެ.
21 ފެބުރުއަރީ 2019
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރައްވާ 42 ބޭފުޅެއްގެ ފޯމް އެ ޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް "މިހާރު" އަށް ވިދާޅުވީ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށްގެން ނެގި 42 ބޭފުޅުންގެ ފޯމާއި ލިޔެލިއުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ޕީޕީއެމް އަދި ޕީއެންސީން ނެރޭ ކެންޑިޑޭޓުންނަށް ޖާގަ ދިނުމުގެ ގޮތުން ޖޭޕީން ބައެއް ދާއިރާތައް ދޫކޮށްލާ ވާހަކަ އޭނާ ދޮގުކުރެއްވި އެވެ. އަލީ ވިދާޅުވީ އެއީ ބައެއް މީޑިއާތަކުން ދައްކާ ދޮގު ވާހަކައެއް ކަމަށެވެ.
"ޖޭޕީން ޕީޕީއެމަށް ދާއިރާތައް ދޫކޮށްލި ކަަމަށް ނޫސްތަކުން ބުނާ އިރު ޖޭޕީ ކައުންސިލަކަށް އެކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ޖޭޕީން ރައްޔިތުންގެ މަޖިލީހަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ކައުންސިލުން ދީފައި ވަނީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށެވެ. އެގޮތުން ގާސިމް ޓިކެޓް ދެއްވުމުގައި އެ ޕާޓީ އަށް ގިނަ ހިދުމަތްތަކެއް ކުރި މެމްބަރުންނަށް ވުރެ، ފަހުން ގުޅުނު ބައެއް ފަރާތްތަކަށް އިސްކަން ދެއްވާފައިވާ ކަމަށް ބުނެ، ޕާޓީގެ ބައެއް މެމްބަރު ކުރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ގާސިމް ކުރިން ވިދާޅުވެފައި ވަނީ މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލާން ޖޭޕީ އަށް ވެސް ކެރޭނެ ކަމަށެވެ.
ޑިސެމްބަރު 17 ގައި ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓިކެޓް ދޭނީ ހޮވޭނެ މީހުންނަށް ކަމަށެވެ.
"މިއަދު އަޔަސް، މާދަމާ އަޔަސް އައިސް ސޮއިކޮށްލީމަ ޓިކެޓް ދޭނަން އޭނާ އަކީ [ގޮނޑިނެގޭނެ] ގާބިލް މީހެއްވިއްޔާ. މިތާގައި [ޖޭޕީގައި] 20 އަހަރު ވެފައި ހުއްޓަސް އަޅުގަނޑުމެން ޓިކެޓެއް ނުދޭނަން ނުހޮވޭނެ މީހަކަށް،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް
އިދިކޮޅުން ދައްކާނެ ބަހަނާއެއް ނެތް!
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
ގާސިމްގެ ނިންމުމަކީ ރައީސަށް އަރުވާ ހަދިޔާއެއް: އަމީން
ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ފިކުރަކަށް ނުދާނަން: އަލީ
ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ތާއީދު ޖޭޕީގެ 27 މީހަކަށް
ޕީޕީއެމް/ޖޭޕީ: ހިތްހަމަނުޖެހުމާއި ކޯޅުންގަނޑެއްގައި!
އެމްޑީޕީއަށް މެޖޯރިޓީ ދޭން ހެޔޮ ނުވާނެ: ގާސިމް
މަތީނަށް ޕީޕީއެމްގެ ޓިކެޓު ގެއްލި، މަގާމު ދޫކޮށްލައިފި
ޖޭޕީ އަށް ބައެއް ދާއިރާތައް ދޭން ޕީޕީއެމުން ނިންމައިފި