އިސްލާހީ މަސައްކަތުގައި ގުރުބާންވި މެމްބަރުން ދޫކުރައްވައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ފިކުރަށް ވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
10 މާޗް 2019
އިސްލާހީ މަސައްކަތުގައި ގުރުބާންވި މެމްބަރުން ދޫކުރައްވައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ފިކުރަށް ވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމާ އެކު، ޖުމްހޫރީ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންގެ ފާޑުކިއުން ވެސް މިހާރު ވަނީ ގާސިމަށް އަމާޒުވެފަ އެވެ.
މި ދެ ދުވަހު ގާސިމްގެ ވަރަށް ބޮޑު ފާޑުކިއުމެއް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި އެވެ.
ގާސިމްގެ އެ ވާހަކަފުޅުތަކަށް ފަހު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މީހުން ދޫކޮށް ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ފިކުރާ އެކު ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Maaiy Allah gandhee huvaakoggen mihuree dhivehi rayyithunnashai dhivehi qaumashai Raeesuljumhooriyyaa @ibusolih ah ikhlaastheri kama eku vafaatheri vumah. MDP aai islaahee massaiykathuga qurubaanvi JP/AP/MRM meehun dhookoh PPM/PNCge fikuraaeku nudhaanan. Sarukaar dhifaau kuraanan pic.twitter.com/lVlSeJwnvZ
— Ali Waheed (@ali20waheed) March 10, 2019
އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓު.
"މާތް ﷲ ގަންދީ ހުވާކޮށްގެން މިހުރީ ރައްޔިތުންނަށާއި ގައުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިހްލާސްތެރިކަމާ އެކު ވަފާތެރިވުމަށް،" ގައުމީ ދިދައެއްގެ ފޮޓޯއާ އެކު ކުރެއްވި ޓްވީޓްގައި އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދުގެ މި ވާހަކަ އައުމާ ގުޅިގެން ބައެއް އާންމުން ވަނީ އޭނާ އަށް ތައުރީފްކޮށްފަ އެވެ. އަނެއް ބަޔަކު ބައެއް ބުނީ އެނބުރި އެމްޑީޕީ އަށް ވަޑައިގަތަސް އެ ޕާޓީން ބަލައިނުގަންނާނެ ކަމަށެވެ.
Hon.Abdul Raheem @Banafsaa ah thiyagothah gaboolu kurevunas, insha'Allah, Sarukaaru Coalition uvigeneh nudhaane eve. Veehaalehgai vegenves insha'Allah Raees @ibusolih ge sharukaaru dhifaau kuraanameve. Aslu JP meehaku PPM/PNC akah voteh nudheyne igeythoa?https://t.co/RovNJcroUi
— Hussain R. Hassan (@DrHussainHassan) March 9, 2019
ޑރ. ހުސެއިން ރަޝީދު ހަސަން ކުރެއްވި ޓުވީޓު.
ޕީޕީއެމް/ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ޖޭޕީން ތާއީދުކުރަން ނިންމާފައި ވިޔަަސް، އެންވަޔަރަމަންޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ "އަސްލު ޖުމްހޫރީ ޕާޓީގެ މީހަކު ޕީޕީއެމް/ޕީއެންސީ އަކަށް ވޯޓު ނުދޭނެ" ކަމަށެވެ.
ހުސެން ވަނީ ކޮންގްރެސް ޕާޓީގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ވެސް ރައްދު ދެއްވައިފަ އެވެ. ސަރުކާރު ކޯލިޝަނެއް މިހާރު ނެތް ކަމަށް އަދުރޭ ވިދާޅުވި ވިދާޅުވުމަށް ޓްވީޓެއްގައި ހުސެން ރައްދު ދެއްވީ ކޯލިޝަން އުވިގެން ނުދާނެ ކަމަށް ވިދާޅުވެ އެވެ.
"ވީހާލެއްގައި ވެގެން ވެސް ރައީސްގެ ސަރުކާރު ދިފާއުކުރާ ނަމެވެ،" ހުސެއިންގެ ޓްވީޓްގައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، އަދި އެ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެކުގައި ކާމިޔާބު ކުރުމަށް އެއްބަސްވުމެއް ހަދައިގެން އައުމުން، އެއްބަސްވުމާ ހިލާފުވީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ކަމަށެވެ. އެހެންވެ، ޖުމްހޫރީ ޕާޓީން "ނާށިގަނޑު" ހިފައިގެން ނުކުމެ، އެކިއެކި ޕާޓީތަކާ ވާހަކަ ދައްކަން ޖެހުނީ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް/ކޮންގްރެސް ޕާޓީއާ އެކު އެއްބަސްވުމަކަށް އާދެވުނީ އެ މަޝްވަރާތަކުން ކަމަށް ވެސް ވިދާޅުވި އެވެ.
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ނުވަދޭ: ގާސިމް
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް
އިންތިޚާބު އޮޅުވާލަން ފުރުސަތެއް ނެތް: ޝަރީފް
ޖޭޕީގެ ތެރެއަށް "ކަނޑުފޭރޭ" ބަޔަކު ވަދެއްޖެ: އަލީ ވަހީދު
ހަމަޖެހުން އޮތީ ޕީޕީއެމް އާއި ޖޭޕީއަށް މެޖޯރިޓީ ދީގެން
އެމްޑީޕީ ބަލިކުރެވޭނެ ކޮންމެ މީހަކަށް ތާއީދު: އުމަރު
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ގާސިމްގެ ނިންމުމަކީ ރައީސަށް އަރުވާ ހަދިޔާއެއް: އަމީން
ސިޔާސަތުތަކާ ދެކޮޅު މީހުންނަށް ގާސިމްގެ ބަހުގެ ހަމަލާ!