ބޭންކް އޮފް މޯލްޑިވްސް އިން ގދ. ގައްދޫގައި ބްރާންޗެއް ހުޅުވައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ.
21 ފެބުރުއަރީ 2019
ބޭންކް އޮފް މޯލްޑިވްސް އިން ގދ. ގައްދޫގައި ބްރާންޗެއް ހުޅުވައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ.
މި ބްރާންޗްގައި ބަހައްޓާފައިވާ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބިގެންދާނެ އެވެ. އަދި ބޭންކިން ހިދުމަތް ދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ހުޅުވި އާ ބްރާންޗް މެދުވެރިކޮށް ލިބިގެންދާނެ ހިދުމަތްތަކަކީ ގައްދު އަށް އަންނަމުންދާ ތަރައްގީ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ހިދުމަތަކަށް ވާނެކަން ޔަގީން ކަމަށެވެ. ބްރާންޗްގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް އަންނަ މީހުންނަށް ވެސް ބޭންކިންގެ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއް ބީއެމްއެލުން ވަނީ ގާއިމް ކޮށްފަ އެވެ. ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި
ހިޔާވަހި ލޯނުގެ ޝަރުތުތަކަށް ދެވަނަ ބުރުގައި ލުއި ދެނީ
ބީއެމްއެލްގައި ދުވަސްވީ މުވައްޒަފުންގެ އަގު ވަޒަންކޮށްފި
ބީއެމްއެލް އިން ލަންކާއަށް 25،000 ޑޮލަރު
ބޭންކިންގެ އުސޫލާ ހިލާފަށް ލޯނެއް ނުދެން: ބީއެމްއެލް
"އާ ފްލެޓްތައް ހާއްސަ ކުރާނީ ވިލިމާލޭ ރައްޔިތުންނަށް"
ބީއެމްއެލްގެ އަގުވަޒަންކޮށް ބައިނަލްއަގްވާމީ އެވޯޑެއް
ބްރާންޗުތަކުގެ މުވައްޒަފުން ފައިނޭންޝަލްއެޑްވައިޒަރުންނަށް
"ނިންމާލާނީ އެންމެ ވަރުގަދަ އެއް އަހަރުގެ ގޮތުގައި"
ޗެމްޕިއަންސް ލީގުގެ މެޗަކަށް ދާނެ ފުރުސަތު ދެނީ