ބީއެމްއެލްގެ ޑެބިޓް ކާޑު ކަސްޓަމަރުންގެ ތެރެއިން ދަރިވަރުންނާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިން ފިޔަވައި އެހެން ކަސްޓަމަރުންގެ ކާޑު ލިމިޓަށް މި އަހަރު ގެނެސްފައިވާ ބަދަލުތަކުގެ ތަފުސީލު އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑު ކަސްޓަމަރުންގެ ތެރެއިން ދަރިވަރުންނާއި ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިން ފިޔަވައި އެހެން ކަސްޓަމަރުންގެ ކާޑު ލިމިޓަށް މި އަހަރު ގެނެސްފައިވާ ބަދަލުތަކުގެ ތަފުސީލު އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު ސައީދު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.
އެ މައުލޫމާތަށް ބަލާއިރު، ބީއެމްއެލް އިން ވަނީ ކާޑު ލިމިޓުތައް އިތުރުކުރުމުގެ ސްޓްރަކްޗާޑް، ޓިއާޑް ނިޒާމެއް ތަންފީޒުކޮށްފަ އެވެ. ތިރީގައި މިވަނީ އޭގެ ތަފުސީލެވެ.
ސެޕްޓެމްބަރު 16، 2020 ގައި ބީއެމްއެލްގެ ކާޑު ލިމިޓުތައް ވަނީ މަހަކަށް 250 ޑޮލަރަށް ހަމަޖައްސައިފަ އެވެ. މި ލިމިޓު ބަހާފައި ވަނީ ޕީއޯއެސް (ފިހާރަތަކުން ކުރާ ވިޔަފާރި)، އޭޓީއެމުން ފައިސާ ނެގުން އަދި އީ-ކޮމާސް (އޮންލައިން ވިޔަފާރި) އެއްކޮށްލައިގެން ޖުމްލަ ލިމިޓެއްގެ ގޮތުގަ އެވެ. ކޮންމެ ކަހަލަ މުއާމަލާތެއް ކުރިޔަސް ޖުމްލަ ލިމިޓަށް ބަދަލު އާދެ އެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރުގެ ލިމިޓެއް އޮތް ނަމަވެސް ޖޫން 2025 ގެ ނިޔަލަށް ބޭންކުން ދެމުން އައީ މި ލިމިޓެވެ. އެހެންވެ މި 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ފްލައިޓް ޓިކެޓާއި ހޮޓާ ބުކިންތައް ހެދުން އޮތީ ވަރަށް ބޮޑު އުނދަގުލަކަށް ވެފަ އެވެ.
އެހެންވެ މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑެބިޓް ކާޑުގެ ލިމިޓަށް މުހިންމު ބަދަލެއް ފުރަތަމަ ފަހަރަށް ގެނަ އެވެ. ޖުމްލަ ކޮމްބައިންޑް ލިމިޓު ދެގުނަ ބޮޑުވެ، 500 ޑޮލަރަށް އިތުރުކުރި އެވެ. މި އާ މަރުހަލާގެ ދަށުން، ޕީއޯއެސް ވިޔަފާރީގެ ލިމިޓު ވެސް 500 ޑޮލަރަށް އިތުރުވެ އެވެ. ނަމަވެސް، ރާއްޖޭން ބޭރަށް ދަތުރު ނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގާކަން ފާހަގަވެފައިވާއިރު، ރާއްޖޭން ބޭރުގައި އޭޓީއެމުން ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރު ކަމަށް ކަނޑައެޅު އެވެ.
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓަށް ގެނައި ބަދަލުތަކުގެ ތަފްސީލް pic.twitter.com/gGFVSsFXfz
— Mohamed Saeed (@BMLSpokesperson) December 14, 2025
އެކަމަކު އީ-ކޮމާސް ނުވަތަ އޮންލައިންކޮށް ހަދާ ފޮރިން ޓްރާންސެކްޝަންތަކުގެ ލިމިޓަށް ބަދަލެއް ނުގެނެ އެވެ. ފްލައިޓް އަދި ހޮޓާ ބުކިންތައް ހެދުމަށް ވަކި ހާއްސަ އަދަދެއް ކަނޑައެއް ނާޅަ އެވެ.
ބީއެމްއެލްގެ އަހަރީ ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 11 ގައި އެ ބޭންކުން އަނެއްކާވެސް ޑެބިޓް ކާޑު ކަސްޓަމަރުންނަށް ޖުމްލަ، ކޮމްބައިންޑް ލިމިޓު ވަރަށް ބޮޑަށް އިތުރުކޮށް 3,000 ޑޮލަރަށް ހެދި އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޕީއޯއެސް އިން ކުރާ ވިޔަފާރީގެ ލިމިޓު ކުރިއަށް ވުރެ ދެގުނަ ބޮޑުކޮށް 1,000 ޑޮލަރަށް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
ރާއްޖެއިން ބޭރުގައި އޭޓީއެމުން ފައިސާ ނެގުމުގެ ލިމިޓު 125 ޑޮލަރުގެ ލިމިޓު ބަދަލެއް ނުކުރެ އެވެ. އަދި އީ-ކޮމާސް ލިމިޓު 250 ޑޮލަރަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް 2020 ގެ ފަހުން މިހާތަނަށް ގެނެސްފައެއް ނުވެ އެވެ.
ކާޑު ލިމިޓަށް މިހާރު ގެނެސްފައިވާ އެންމެ ހެޔޮ ބަދަލަކީ ފްލައިޓް އަދި ހޮޓާ ބުކިންތަކަށް ހާއްސަ ވަކި ކެޓަގަރީއެއް ހަމަޖައްސައި މި ކެޓަގަރީ އަށް 3,000 ޑޮލަރާ ހަމަޔަށް މުއާމަލާތްކުރެވޭނެ ގޮތް ހަމަޖެއްސުމެވެ.
ކާޑު ލިމިޓް ނަހަމަގޮތުގައި ބޭނުންކުރާތީ އިންޒާރެއް
ބީއެމްއެލް ޑެބިޓް ކާޑު ފޮރިން ލިމިޓް 1000 ޑޮލަރަށް
ޑެބިޓް ކާޑުން ކެނޑޭ ވަރު 1،000 އަށް މަތިކުރަނީ
ބޭރުގައި ދިރިއުޅޭ ނަމަ 750 ޑޮލަރު އޭޓީއެމުން ނެގޭނެ
ހައްޖުވެރިންނަށް ޑެބިޓް ކާޑުގެ ލިމިޓު ބޮޑުކޮށްދީފި
ބީއެމްއެލް އިން ކުޑަކުދިންނަށް ހާއްސަ ޑެބިޓް ކާޑެއް
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި
ކާޑުތަކުގެ ޑޮލަރު ލިމިޓު 90 ޕަސެންޓަށް ކުޑަކުރަނީ
"ކާޑު ލިމިޓު ބޮޑުކުރަނީ މަރުހަލާތަކަކަށް ބަހާލައިގެން"
ކިޔަވާކުދިންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކޮށްފި