Roadha Mihaaru
ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ރަށްތައް އިއުލާނުކޮށްފި

ބީއެމްއެލްގެ "ފެހި ޕްރޮޖެކްޓް" އަށް ހޮވި ރަށްތައް އިއުލާންކޮށްފި

22 ސެޕްޓެމްބަރ 2022

ބީއެމްއެލުން މި އަހަރު އިފުތިތާހުކުރި "ފެހި ޕްރޮޖެކްޓް" ލިބޭ ރަށްތައް މިއަދު އިއުލާނުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބީއެމްއެލުން މި އަހަރު އިފުތިތާހުކުރި "ފެހި ޕްރޮޖެކްޓް" ލިބޭ ރަށްތައް މިއަދު އިއުލާނުކޮށްފި އެވެ.

އެ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެ ޕްރޮޖެޓްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންްދުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގައި ކޮންމެ އަހަރަކު ފަސް ރަށެއް ހޮވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި އަހަރުގެ "ފެހި ޕްރޮޖެކްޓް" ލިބެނީ ނ. މާފަރާއި ޅ. ހިންނަވަރާއި މ. ދިއްގަރާއި ތ. ގުރައިދޫ އަދި ގދ. ގައްދު އަށެވެ. އެއިން ކޮންމެ ރަށަކަށް ރާއްޖޭގައި ހިންގާ ނާސަރީތަކުން 10،000 ގަސް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

އެ ބޭންކުން ބުނިގޮތުގައި، އެ ޕްރޮޖެކްޓާއެކު ރަށްރަށަށް ބޭނުންވާ ފެހިކަން ގެނސް، މުޖުތަމައަށް ފައިދާ ކުރާނެ އެވެ. އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްވުމުން ތިމާވެއްޓަށް އޭގެ ފައިދާ ކުރާނެ އެވެ.

އަމާޒަކީ އެ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަލައިގެން، އެއާ އެއްގޮތަށް ގަސް އިންދުން ކަން ވެސް ބީއެމްއެލުން ފާހަގަކުރި އެވެ.