މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅިގެން އިތުރަށް ބަލާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.
22 ފެބުރުއަރީ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅިގެން އިތުރަށް ބަލާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ތަފްސީލް ރިޕޯޓް މި މަހު އާއްމުކޮށްފައިވާއިރު، އެ ތަހުގީގު ފުރިހަމަ ނޫން ކަމަށާއި ހިޔާނާތަށް ތުހުމަތު ކުރެވޭ މީހުންނާ މެދު އެޅުނު ފިޔަވަޅެއް ނެތް ކަމަށް ބުނެ އޭސީސީ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން އިތުރު ފަސް ކަމެއް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، މުއައްވިޒު ވިދާޅުވި ގޮތުގައި ބޮޑު ޚިޔާނާތާ ގުޅިގެން މިހާ ފުރިހަމަ ތަހުގީގެއް ކުރީ އޭސީސީން އެކަންޏެވެ.
އޭނާ ވިދާޅުވީ، ރިޕޯޓާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ބައެއް މުހިންމު މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން އެމްއެމްއޭގެ ދައުރާ ގުޅޭ މައްސަލައަކާއި ބީއެމްއެލްގެ ދައުރާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލައަކާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓަށް ވަނުމަށް ފަހު، އެކި ފަރާތްތަކަށް އެ ފައިސާ ލޯނުގެ ގޮތުގައި ޑޮލަރުން ދިން މައްސަލަ ކަމަށެވެ.
އޭސީސީން ބޮޑު ޚިޔާނާތުގެ ރިޕޯޓު ހާމަނުކޮށް ސިއްރުކޮށްފައި އޮތް މައްސަލަ ދޮގު ކުރައްވައި މުއައްވިޒު ވިދާޅުވީ އެ ކޮމިޝަނުން 2017 ވަނަ އަހަރު ތަހުގީގު ނިންމައި، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ހިއްސާކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.
އޭރު އޭސީސީގެ ރިޕޯޓު އާންމު ނުކުރީ އިތުރު ކަންކަން ފާހަގަވެފައި ހުރުމުން، ރިޕޯޓު އާންމުކޮށްފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ރިޕޯޓު ފޮރުވުމެކޭ ނުބުނެވޭނެ ދެއްތޯ؟ ދައުލަތުގައި ހުރި ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު މައުލޫމާތު ހިއްސާ ކުރިން. އެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ނޫން. އެއީ ފިޔަވަޅު އަޅަން ޖެހޭ ދާއިރާތަކަށް ފޮނުވާފައި ހުރި މައުލޫމާތުތައް،" އޭސީސީއަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި މުއައްވިޒު ވިދާޅުވި އެވެ.
ޚިޔާނާތުގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު އާންމު ކުރުން ލަސްވިޔަސް މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަހްގީގުތައް ވީ އެންމެ އަވަހަށް ނިންމުމަށްފަހު އާންމު ކުރައްވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ވަކި މީހަކު މަގާމުގައި ހުރުމަކުން ވަކި މީހަކު މަގާމުގައި ނެތުމަކުން އޭސީސީ އިން އަދާކުރަމުން އަންނަ ގާނޫނީ ޒިންމާއަކަށް ބަދަލެއް ނާދެ. އޭސީސީން މަސައްކަތް ކުރަމުން ދާނީ އޭސީސީން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން،" މުއައްވިޒު ވިދާޅުވި އެވެ.
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ
155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދޭ: އޭސީސީ
ބޮޑު ހިޔާނާތް އިތުރަށް ހާމަކުރަން އޭސީސީން ވިސްނަނީ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް
މާލިއްޔަތު ގަވާއިދު: އަދިވެސް ކޮރަޕްޝަނަށް އޮތް މަގެއް
ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުން: މުއައްވިޒު
މިދިޔަ އަހަރު 1.9 ބިލިއަން ލިބެން ޖެހޭ: އޭސީސީ
އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި