Roadha Mihaaru
ސެމްސަންގް ގެލަކްސީ އެސް10 5ޖީ އަށް ނެޓްވޯކެއް ނެތް

ސެމްސަންގް ގެލަކްސީ އެސް10 5ޖީ: ބޭނުންކުރެވޭ ފެންވަރުގެ ނެޓްވޯކެއް އަދި ނެތް

25 ފެބުރުއަރީ 2019

އާންމު ބޭނުންތަކަށް ދޫކުރެވޭ ފެންވަރަށް އެއްވެސް ގައުމެއްގައި އަދި 5ޖީ ނެޓްވޯކް ގާއިމެއްނުކުރެވެ އެވެ. އެހެންކަމުން، ސެމްސަންގް ގެލަކްސީ އެސް10 5ޖީ، އާންމުކޮށް ބޭނުންކުރެވޭނެ ދުވަހެއް އެކަކަށް ވެސް އަދި ނޭނގެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އާންމު ބޭނުންތަކަށް ދޫކުރެވޭ ފެންވަރަށް އެއްވެސް ގައުމެއްގައި އަދި 5ޖީ ނެޓްވޯކް ގާއިމެއްނުކުރެވެ އެވެ. އެހެންކަމުން، ސެމްސަންގް ގެލަކްސީ އެސް10 5ޖީ، އާންމުކޮށް ބޭނުންކުރެވޭނެ ދުވަހެއް އެކަކަށް ވެސް އަދި ނޭނގެ އެވެ.

"ސެމްސަންގް ގެލަކްސީ އެސް10 5ޖީ" އަކީ، "ސެމްސަންގް ގެލަކްސީ އެސް" ސީރީޒްގައި އެންމެ ފަހުން ތައާރުފުކުރި ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ ފޯނެވެ. "އެސް10 5ޖީ" ބާރުގަދަވަނީ، 5ޖީ ނެޓްވޯކްތަކުގައި ބޭނުންކުރެވޭ ފެންވަރުގެ ފޯނަކަށް ވާތީ އެވެ.

"އެސް10 5ޖީ" އާންމުކުރުމުގައި ސެމްސަންގެ ވިސްނުމަކީ ބޭނުންކުރަން ތިބި މީހުންނެއް ނޫނެވެ. އެހެން އެއްވެސް ބަޔަކަށް ވުރެ ކުރިން ދުނިޔެ އަށް 5ޖީ ފެންވަރުގެ ފޯނެއް ތައާރުފުކުރުމެވެ.

ދުނިޔެ އަށް 5ޖީ ނެޓްވޯކް ތައާރުފުކޮށް ގައުމުތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރެވެ އެވެ. ކުރި އަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި، އާންމުންނަށް 5ޖީ ނެޓްވޯކް ދޫކުރެވޭ ފެންވަރަށް ބައެއް ގައުމުތަކުން ވަނީ މަސައްކަތް ފުރިހަމަކޮށްފަ އެވެ. އެ ގޮތުގައި އެންމެ ކުރީގައި އުޅޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ސައުތު ކޮރެއާ، ސްވީޑްން، ތުރުކީ، ޖަޕާން އަދި ޗައިނާ ހިމެނެ އެވެ.

ގެލަކްސީ އެސް10 5ޖީ އާންމުކޮށް ދައްކާލި ނަމަވެސް، އާންމު ވިޔަފާރި އަށް ނެރޭނެ ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ. މިއީ ވެސް ވިސްނާލަން ރަނގަޅު ނުކުތާއެކެވެ. ސެމްސަންގުން ސްމާޓްފޯނެއް ފަތްޖަހައި "ގެލަކްސީ ފޯލްޑް"ގެ ނަމުގައި އާންމުކޮށް އަދި ބާޒާރަށް ނެރޭނެ ތާރީޚު ކަނޑައެޅި ނަމަވެސް، ގެލަކްސީ އެސް10 5ޖީ އަކަށް އަދި އެ ފަދަ ތާރީޚެއް ނެތެވެ. މިއީ އެ ފޯނު ބޭނުންކުރުމަށް 5ޖީ ނެޓްވޯކެއް ފައްކާވެފައި ނެތުމުން ކުރި ކަމެއް ކަމަށް ބެލެ އެވެ. ގެލަކްސީ އެސް10 5ޖީ އާންމުކޮށް ވިއްކަން ފަށާނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ މެދާ ހިސާބުގަ އެވެ.