Roadha Mihaaru
5ޖީ ނެޓްވޯކް ފުރިހަމަކުރަން އަދި ވަގުތު ނަގާނެ

5ޖީ ނެޓްވޯކް ފުރިހަމަކުރަން އަދި ވަގުތު ނަގާނެ

05 ޖުލައި 2019

ދުނިޔެ އަށް 5ޖީ ތައާރުފުކުރަން ގައުމުތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ނަމަވެސް، މި ކަމަށް އަދިވެސް އަހަރުތަކެއް ނަގާނެ އެވެ. އޮޕަރޭޓަރުންގެ ބުރަ މަސައްކަތްތަކާ އެކު ވެސް، މުޅި އާބާދީ އަށް ޚިދުމަތް ތަނަވަސްވުމަށް މުއްދަތެއް އަންދާޒާކުރުމަކީ ވެސް މި ވަގުތަށް އުނދަގޫ ކަމެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ދުނިޔެ އަށް 5ޖީ ތައާރުފުކުރަން ގައުމުތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ނަމަވެސް، މި ކަމަށް އަދިވެސް އަހަރުތަކެއް ނަގާނެ އެވެ. އޮޕަރޭޓަރުންގެ ބުރަ މަސައްކަތްތަކާ އެކު ވެސް، މުޅި އާބާދީ އަށް ޚިދުމަތް ތަނަވަސްވުމަށް މުއްދަތެއް އަންދާޒާކުރުމަކީ ވެސް މި ވަގުތަށް އުނދަގޫ ކަމެކެވެ.

"ފައިވްޖީ" ޓެކްނޮލޮޖީ އަދިވެސް އޮތީ ޅަފަތުގަ އެވެ. މި ސިނާއަތް އަންދާޒާކުރާ މީހުންނަށް ގަބޫލުކުރެވޭ ގޮތުގައި، 5ޖީ ނެޓްވޯކްތަކަށް ބާރުލިބި، ހިނގައިގަތުމަށް އަދި ވެސް ތިން، ހަތަރު އަހަރު ވެސް ނަގާފާނެ އެވެ. މިއީ 4ޖީ ނެޓްވޯކްތަކުގެ މައްޗަށް 5ޖީ ކުރި ހޯދަން ނަގާނެ ކަމަށް އަންދާޒާކުރެވޭ މުއްދަތެކެވެ.

މުއްސަނދި ގައުމުތަކުގެ މާލީ ތަނަވަސްކަމާ އެކު ވެސް، މުޅި އާބާދީ އަށް 5ޖީ ފޯރުކޮށްދިނުމަކީ ހިނދުކޮޅެއްގެ މަސައްކަތެއް ނޫނެވެ. އެ މީހުންނަށް ވެސް ކަވަރޭޖް ފުޅާކުރެވެން އޮތީ ސަރަހައްދުތައް ވަކިކޮށް ބޭނުންވާ ހާޑްވެއާ ގާއިމުކުރެވުނު މިންވަރަކުންނެވެ. ސިނާއަތް އަންދާޒާކުރާ މީހުން ބުނާ ގޮތުގައި، 5ޖީ ރޭހުގައި އެންމެ ކުރިހޯދާނެ ގައުމަކަށް ޗައިނާވާނެ އެވެ.

ޗައިނާގައި މޮބައިލް އޮޕަރޭޓަރުން ސަރުކާރަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެ އެވެ. އެހެންކަމުން، ސަރުކާރުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، 5ޖީ ގާއިމުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ބޮޑުބައި އެ މީހުން ވަނީ ނިންމާފަ އެވެ. މި މަސައްކަތުގައި ޗައިނާ އަށް އޮތް ފައިދާ އަކީ ދުނިޔޭގެ ނިސްބަތުން 5ޖީ ހާޑްވެއާ އުފައްދާ ކުންފުނިތައް ގިނަވުމެވެ.

އެމެރިކާ އަދި ޔޫރަޕުގެ ބައެއް ހިސާބުތަކުގައި 5ޖީ ވަނީ ތައާރުފުކޮށްފަ އެވެ. އެހެން ނަމަވެސް، މިއީ ރަސްމީ 5ޖީއެއް ނޫނެވެ. މިއީ "ސްޕީޑް ބޫސްޓް"އެކެވެ. ބޭނުމަކީ 5ޖީ އަށް އޮތް ޑިމާންޑް ދެނެގަތުމެވެ. އަދި 5ޖީ ޑިވައިސްތައް އާންމުވެ، ބޭނުންކުރާ މީހުންނަށް ލިބެންވާއިރަށް، 5ޖީ ނެޓްވޯކެއްގައި ހުންނަންޖެހޭނެ ކަމަށް ބުނާ މިންގަނޑު ފުރިހަމަކުރަން ވަގުތު ހޯދުމެވެ.