24 ފެބުރުއަރީ 2019
ގުވަހަޓީ (ފެބްރުއަރީ 24) - އިންޑިއާގެ އާސާމް ސްޓޭޓުގައި ވިހަ ރަލެއް ގޮވިގެން މަރުވި މީހުންގެ އަދަދު 133 އަށް އަރައިފި އެވެ.
ގުވަހަޓީ (ފެބްރުއަރީ 24) - އިންޑިއާގެ އާސާމް ސްޓޭޓުގައި ވިހަ ރަލެއް ގޮވިގެން މަރުވި މީހުންގެ އަދަދު 133 އަށް އަރައިފި އެވެ.
އާސާމް އިން މަރުވި މީހުންގެ އިތުރުން 200 އަށް ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ޑޮކްޓަރުން ބުނީ އެޑްމިޓްކޮށްފައިވާ މީހުން ހޮޑުލައި އަދި ވަރަށް ގަދަ އަށް މޭގައި ރިއްސަމުންދާ ކަމަށެވެ.
"ގޮލަގާތު އާއި ޖޯހަޓް ޑިސްޓްރިކްޓުގައި ވިހަ ރާ ބޮވިގެން މަރުވި މީހުންގެ އަދަދު ވަނީ 133 އަށް އަރާފައި،" ސްޓޭޓް ފުލުހުންގެ އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް މުކޭޝް އަގަރްވާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިހަ ރަލުގެ ސާމްޕަލް ފޮރެންސިކް ތަހުލީލުތަކަށް ލެބޯޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.
އާސާމްގައި ވިހަ ރާ ބޮވުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
އެ ހާދިސާއާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އާސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ވަނީ އެ ހާދިސާ ރަނގަޅަށް ތަހުގީގު ކުރުމަށް އަންގަވައިފަ އެވެ. އާސާމްގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެކަމުގައި ޒިންމާވާ އެންމެން އިންސާފުގެ ކުރިމައްްޗަށް ހާޒިރު ކުރާނެ ކަމަށެވެ.
މީގެ ދެ ހަފުތާ ކުރިން އުއްތަރަ ޕްރަދޭޝް އާއި އުއްތަރަކަންޑުގައި ވެސް ވަނީ ވިހަ ރަލެއް ބޮވިގެން 100 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އިންޑިއާގައި އަހަރަކު ފަސް ބިލިއަން ލިޓަރުގެ އެލްކޮހޯލް ބޭނުން ކުރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރޭން 40 ޕަސެންޓަކީ ގަވާއިދާ ޚިލާފަށް އުފައްދާ ރަލުގެ ބާވަތްތައް ކަމަށް އިންޓަނޭޝަނަލް ސްޕިރިޓްސް އެންޑް ވައިން އެސޯސިއޭޝަން އޮފް އިންޑިއާ އިން ބުނެ އެވެ.
ވިހަ ރާ ބޮއެގެން އިންޑިއާގައި މަރުވި އަދަދު 53 އަށް
ތަރައްގީކުރުމުގެ ނަމުގައި މަލިކު ހަލާކުކޮށްލަނީ!
ރާ ވިއްކާ 500 ތަން ބަންދު ކުރަން އަންގައިފި
އިންޑިއާއިން ސްޓާލިންކަށް ހުއްދަ ދޭނީ ޝަރުތުކޮށްފައި
ބަނގުރާ ފުޅިތަކަކާ އެކު ތިން ބިދޭސީއަކު ހައްޔަރުކޮށްފި
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
އިންޑިއާއިން 1.6 ބިލިއަން ރުފިޔާގެ ހިލޭ އެހީ
އިންޑިއާގައި ވިކިޕީޑިއާ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި