ފަޅޮލަކީ މީރު މޭވާއެކެވެ. ފަޅޯ ގަހުން ބޭނުން ކުރެވޭ އެއްޗަކީ ހަމައެކަނި ފަޅޮލެއް ވެސް ނޫނެވެ. އެހެންވެ ފަޅޯގަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފަން ވިސްނަން އެބަ ޖެހެ އެވެ.
26 ފެބުރުއަރީ 2019
ފަޅޮލަކީ މީރު މޭވާއެކެވެ. ފަޅޯ ގަހުން ބޭނުން ކުރެވޭ އެއްޗަކީ ހަމައެކަނި ފަޅޮލެއް ވެސް ނޫނެވެ. އެހެންވެ ފަޅޯގަހުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފަން ވިސްނަން އެބަ ޖެހެ އެވެ.
"ހީލިން ފުޑްސް" ކިޔާ ފޮތެއްގައިވާ ގޮތުން ފަޅޯ ގަހަކީ އޭގައި އެކުލެވޭ ކޮންމެ ބަޔަކުން ވެސް ސިއްހީ އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.
އެގޮތުން ފަޅޯފަތު ޖޫހަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ބުއިމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުންޏެވެ. ފަޅޯފަތު ޖޫހާ ބެހޭ ގޮތުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކަށް ބަލާ އިރު، މިއީ އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުން މުއްސަނދުވެފައިވާ، ހަޖަމުގެ ނިޒާމަށް ވެސް ވަރަށް ފައިދާ ހުރި ޖޫހެކެވެ.
ފަޅޯފަތަކީ މަތީ މިންވަރަކަށް ވިޓަމިން އޭ، ސީ، އީ، ކޭ އަދި ބީގެ އިތުރުން ކެލްސިއަމާއި މެގްނީޒިއަމާއި ސޯޑިއަމް މެގްނީޒިމް އަދި އަޔަން ވެސް އެކުލެވޭ އެއްޗެކެވެ. ނަތީޖާއަކީ މި ފަތުން ޖޫސް ހަދައިގެން ބޯ ނަމަ ރީތި ހަންގަނޑަކަށް ވެސް މަގުފަހިކޮށް ދިނުމެވެ.
މިއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ވެސް ކޮންޓްރޯލްކުރުމަށް ވެސް އެހީވާ އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އުޖާލާ އޮމާން ރީތި ހަންގަނޑަކަށް މަގުފަހުކޮށް ދިނުމާ އެކު ބޮލުން އިސްތަށި ފޭބުމާއި ބޮލުން ހަންފޮޅުން ފަދަ އާންމުކޮށް ދިމާވާ މައްސަލަތަކަށް ފަޅޯ ފަތު ޖޫހުން ފައިދާކުރާ ކަމަށް ބުނެވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ފަޅޯފަތު ޖޫހުގައި ހިތި ކަމެއް ހުރުމުން ބޯން އުނދަގޫވާ ނަމަ، ޖޫސް ގިރާ އިރު، ކުރުނބާ ފެން ކަހަލަ އެއްޗެއް އަޅައިގެން ޖޫސް ގިރައިގެން ބުއިމަކީ ހަމަ ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ.
ފެން ބޮޑުވުމާއެކު ޕާކިސްތާނުގައި ޑެންގޫ އާއި މެލޭރިއާ
އަނބުގެ ފައިދާތައް ގިނަ
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
ކެންސަރުގެ ވޭނާ ދެކޮޅަށް އެއަށްވުރެ ގަދަ ހިތްވަރެއްގައި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ޖިބޫތީގައި މެލޭރިއާއާ ދެކޮޅަށް "ޖީއެމް" މަދިރި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި