ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 27) - މި ފަހަރުގެ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ތުރުކީގެ ފެނަބާޗޭ އަދި ނެދަލެންޑްސްގެ ފޭނޫޑް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
27 އޯގަސްޓް 2016
ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 27) - މި ފަހަރުގެ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ތުރުކީގެ ފެނަބާޗޭ އަދި ނެދަލެންޑްސްގެ ފޭނޫޑް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.
ޔުނައިޓެޑް ގްރޫޕްގައި ދެން އޮތީ ޔޫކްރޭންގެ ޒޯރްޔާ ލުހަންސްކް އެވެ. ޒޯރްޔާ އަކީ މިދިޔަ އަހަރު ޔޫކްރޭން ކަޕް ޗެމްޕިއަނުންނެވެ. ފެނަބާޗޭ އަކީ ޔުނައިޓެޑަށް ކުރިން ކުޅުނު ނެދަލެންޑްސްގެ ފޯވާޑް ރޮބިން ވެން ޕާސީ މިހާރު ކުޅެމުން އަންނަ ޓީމެވެ.
މިއީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ 2003 ވަނަ އަހަރު ޕޯޓޯއާ އެކު ޔުއެފާ ކަޕް އުފުލާލި ފަހުން މި މުބާރާތުގައި ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. މޮރީނިއޯ ބުނީ މި ގްރޫޕް ފަސޭހަނުވާނެ ކަމަށާއި ވާދަކުރަން ޖެހޭ ޓީމުތަކަކީ އާދައިގެ ޓީމުތައް ކަމުގައި ނުދެކޭ ކަމަށެވެ.
"އިސްތަންބޫލް އާއި ރޮޓެޑަމްގައި ކުޅެލުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ފެނަބާޗޭ އާއި ފޭނޫޑަކީ ވަރުގަދަ ދެ ޓީމު. މިއީ އުނދަގޫ ގްރޫޕެއް އެކަމަކު ޗެލެންޖަކަށް ނުކުންނައިރު ފަސޭހަވާނީ ހުރިހާ އުނދަގޫ ޓީމަކާ ކުޅެގެން މޮޅުވެގެން. މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މޮޓިވޭޝަނަށް ވެސް މުހިއްމު މެޗުތަކެއް،" މޮރީނިއޯ ބުންޏެވެ.
ގްރޫޕް އޭ: މެންޗެސްޓާ ޔުނައިޓެޑް، ފެނަބާޗޭ، ފޭނޫޑް، ލުހަންސްކް
ގްރޫޕް ބީ: އޮލިމްޕިއާކޯސް، އަޕޮއެލް ނިކޮސިއާ، ޔަންގް ބޯއީސް، އަސްތާނާ
ގްރޫޕް ސީ: އެންޑަލެކްޓް، ސެއިން އެޓިއެން، މައިންޒް، ގަބާލާ
ގްރޫޕް ޑީ: ޒެނިޓް، އޭ ޒެޑް އަލްކްމާ، މެކަބީ ޓެލް އަވީވް، ޑަންޑަލްކް
ގްރޫޕް އީ: ވިކްޓޯރިއާ ޕްލްޒެން، ރޯމާ، އޮސްޓްރިއާ ވިއެނާ، އަސްޓްރާ ގިއުގިއުރް
ގްރޫޕް އެފް: އެތުލެޓިކް ބިލްބާއޯ، ގެންކް، ރެޕިޑް ވިއޭނާ، ސަސުއޯލޯ
ގްރޫޕް ޖީ: އަޔެކްސް، ސްޓެންޑާޑް ލީޖް، ސެލްޓަ ވީގޯ، ޕަނަތަނައިކޯސް
ގްރޫޕް އެޗް: ޝަހުތަރު ޑޮނެސްކް، ބްރާގާ، ގެންޓް، ކޮންޔަސްޕޯ
ގްރޫޕް އައި: ޝާލްކާ، ސަލްޒްބާގް، ކްރަސްނޯޑާ، ނީސް
ގްރޫޕް ޖޭ: ފިއޮރެންޓީނާ، ޕައޯކް، ލިބެރެޗް، ގަރަބަޖް
ގްރޫޕް ކޭ: އިންޓަ، ސްޕާޓާ ޕްރާހާ، ސައުތެމްޓަން، ހަޕޮއެލް ބީރްޝާވާ
ގްރޫޕް: ވިޔަރެއާލް، ސްޓެއުއާ ބުކަރެސްޓް، ޒިއުރިޗް، އޮސްމަންލިސްޕޯ
ޓޮޓެންހަމުން 17 އަހަރުގެ ހުސްކަމަށް ނިމުމެއް ގެނެސްފި
ދަށް ސީޒަނެއްގައި ޔުނައިޓެޑާއި ސްޕާސް ޔޫރޮޕާ ފައިނަލަށް
ލީގު ވާނުވާއަށް، ޔުނައިޓެޑްގެ ސަމާލުކަން ޔޫރޮޕާ ލީގަށް
"ޔޫރޮޕާ ލީގު ނެގިޔަސް މައްސަލަތައް ހައްލެއް ނުވާނެ"
އިތުރު ވަގުތުގައި މެގުއާގެ ލަނޑުން ޔުނައިޓެޑް ސެމީއަށް
ލިޔޯންއާ ދެކޮޅަށް ޔުނައިޓެޑްގެ ގޯލު ބަލަހައްޓާނީ އޮނާނާ
އޮނާނާގެ ދިފާއުގައި ޔުނައިޓެޑްގެ ކޯޗު އަމޯރިމް
ހެޓްރިކަށް ފަހު ޔުނައިޓެޑްގެ އޯނަރަށް ބްރުނޯގެ ރައްދު
ފެނާންޑޭޒް އަށް ތަށި ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ
އެންމެ ދަށް ޓީމޭ ބުނެވުމުން އަމޯރިމް މިހާރު ދެރަވޭ