ދިރާގުން "މޯލްޑިވްސް ޕެރަމޯޓާސް 2019" ހަރަކާތުގެ ލީޑް ސްޕޮންސަރަށް ވެއްޖެ އެވެ.
01 މާޗް 2019
ދިރާގުން "މޯލްޑިވްސް ޕެރަމޯޓާސް 2019" ހަރަކާތުގެ ލީޑް ސްޕޮންސަރަށް ވެއްޖެ އެވެ.
ސްކައި ގައިސް އިން އިސްނަގައިގެން ކުރިޔަށްގެންދާ މި ހަރަކާތުގެ ލީޑު ސްޕޮންސަރަށް ދިރާގުން ވެފައިވާ އިރު މި ހަރަކާތަކީ ޕެރަމޯޓާގައި ރާއްޖޭގެ އުތުރުން ދެކުނަށް ކުރިޔަށްގެންދާ ދަތުރުކުރާ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.
ދިރާގުން ބުނީ މި ހަރަކާތުގައި ބައިވެރިވުމުގެ ބޭނުމަކީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް ހޭލުންތެރިކަން އިތުރު ކުރުގައި އެ ކުންފުނީގެ ބައިވެރިވުން އިތުރު ކުރުމެވެ. މީގެ އިތުރުން މި ހަރަކާތަކީ ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭއްވިގެންދާނެ ބޮޑު ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން 24 ރަށަކަށް ގޮސް އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް އާންމުން ހޭލުންތެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން އިސްނަގައިގެން، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް އާންމުން ހޭލުންތެރި ކުރުމުގެ ހަރަކާތްތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން 2016 ވަނަ އަހަރު ޕާލީ މޯލްޑިވްސް އާއި ގުޅިގެން "ފޯ ދި އޯޝަން" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށާފައިވެ އެވެ.
ދިވެހި ކާނާއަށް ދުނިޔޭގެ އެވޯޑެއް
ޓޫރިސްޓުން އިތުރުވިޔަސް ޓާގެޓް ހާސިލް ނުވެދާނެ
ލިވަޕޫލް-މެންޔޫ މެޗްގައި 10 ބަހަކުން ރާއްޖޭގެ ނަން
ފީނުމުގެ ދުނިޔޭގެ ރެކޯޑެއް ރާއްޖޭން ގާއިމުކޮށްފި
ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށް ރާއްޖެ ނޮމިނޭޓްވެއްޖެ
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކީ ދިރާގު
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ޕްރޮމޯޓުކުރަން ޓެޒް ސްކައިލާ ރާއްޖެ އަތުވެއްޖެ
ރާއްޖޭގެ ޓޫރިޒަމް އެމްބެސެޑަރަކަށް ޓެޒް ސްކައިލާ
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް