Roadha Mihaaru
ވަޅި ހިފައިގެން ގެޔަކަށް ވަދެ ފޭރިއްޖެ

ވަޅި ހިފައިގެން ގެޔަކަށް ވަދެ ބިދޭސީންތަކެއްގެ އަތުން ފޭރިއްޖެ

03 މާޗް 2019

މާލޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ ތިން ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ތިން ފޯނެއް، ރޭ ދަންވަރު ފޭރިގެންފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގައި ބިދޭސީން އުޅޭ ގެޔަކަށް ވަޅި ހިފައިގެން ބަޔަކު ވަދެ ތިން ބިދޭސީއެއްގެ އަތުން ފައިސާތަކަކާއި ތިން ފޯނެއް، ރޭ ދަންވަރު ފޭރިގެންފި އެވެ.

ފުލުހުން ބުނީ ވަޅި ހިފައިގެން ހަތަރު މީހަކު ވަދެ ބިދޭސީންގެ އަތުން 6،606ރ. ފޭރިގަތް ކަމަށެވެ.

ފޭރުނީ ގަލޮޅުގައި ހުންނަ ގެޔަކަށް ވަދެ، ރޭ މެންދަމުން އަލިވެ 3:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ތަހުގީގުކުރަމުން އަންނައިރު އަދި މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް ވަނީ މަގުމަތިން ފޭރުމުގެ މައްސަލަތައް އިތުރުވެފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލެއިން ވެސް ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިފަ އެވެ.