Roadha Mihaaru
ޑެޕް ކުރީގެ އަންހެނުންނަށް ދައުވާކުރަނީ

ޖޮނީ ޑެޕް ކުރީގެ އަންހެނުން އެމްބާ ހާޑަށް ދައުވާކުރަނީ

05 މާޗް 2019

ގެވެށިއަނިޔާ ކުރި ކަމަށް ބުނެ، އެކްޓަރު ޖޮނީ ޑެޕްގެ ގާތުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވަރިވި ބަތަލާ އެމްބާ ހާޑް، ޑެޕްގެ މައްޗަށް ދޮގު ތުހުމުތަކެއްކޮށްފައިވާ ކަމަށް ބުނެބަދަލު ހޯދަން ދައުވާ ކުރަން ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގެވެށިއަނިޔާ ކުރި ކަމަށް ބުނެ، އެކްޓަރު ޖޮނީ ޑެޕްގެ ގާތުން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވަރިވި ބަތަލާ އެމްބާ ހާޑް، ޑެޕްގެ މައްޗަށް ދޮގު ތުހުމުތަކެއްކޮށްފައިވާ ކަމަށް ބުނެބަދަލު ހޯދަން ދައުވާ ކުރަން ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވެރައިޓީން ބުނީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ފަހު، ވަރީގެ މައްސަލަ އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިމުމަކަށް އައި އެމްބާގެ މައްޗަށް، "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ތަރި ދައުވާކުރަނީ ލިބުނު ގެއްލުމުގެ ބަދަލަށް 50 މިލިއަން ޑޮލަރު ހޯދާށެވެ.

ޑެޕްގެ ދައުވާގައި އޭނާގެ މައްޗަށް އެމްބާ ކޮށްފައި ވަނީ އަސްލެއް ނެތް ދޮގު ތުހުމުތެއް ކަމަށާއި އެއީ މީހުންގެ ސަމާލުކަން ހޯދަން އޭނާ ޖެއްސި ސްޓަންޓެއް ކަމަށް ބުނެފައިވެ އެވެ. އަދި ތުހުމަތުތަކެއް އަޅުވާފައި އެމްބާ ވަރިވާން ނިންމީ ޓެސްލާ އާއި ސްޕޭސް އެކްސްގެ ބާނީ އީލޮން މަސްކްއާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާކަން ފަޅައިއެރުމުން އެކަން ފޮރުވަން ކަމަށް ވެސް ޑެޕް ބުނެފައިވެ އެވެ.

އެމްބާ، އީލޮންއާ އެކު.

އެމްބާ، އީލޮންއާ އެކު.

އެމްބާ، ޑެޕްގެ މައްޗަށް ކުރި ތުހުމަތާއި ފަހުން، ޑެޕްގެ މެނޭޖަރާއި ވަކީލުންގެ ފަރާތުން ވެސް ފައިސާގެ އެކި ކަހަލަ މައްސަލަތަކުގައި ދައުވާ ކުރުމުން، އޭނާގެ ކެރިއަރަށް ވެސް ވަރަށް ބޮޑު ލޮޅުމެއް އެރި އެވެ.

އެމްބާ އާއި ޑެޕްގެ ވަރީގެ މައްސަލަ ނިމުނީ ބަދަލެއްގެ ގޮތުގައި ޑެޕްގެ އަތުން އެބްމާ އަށް 7 މިލިއަން ޑޮލަރު ވެސް ލިބިގެންނެވެ.

އެ ފައިސާ އޭނާ ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ އެމެރިކަން ސިވިލް ލިބަޓީޒް ޔުނިއަން (އޭސީއެލްޔޫ) އާއި ޗިލްޑްރަން ހޮސްޕިޓަލް އޮފް ލޮސް އެންޖަލިސް އަށް ހަދިޔާކޮށްފަ އެވެ.

އެމްބާ އާއި ޑެޕް އެކުގައި ކުޅުނު ފިލްމު "ދަ ރަމް ޑައިރީ" ގެ ސެޓުން 2011 ގައި ހިތާވެ، ދެ ތަރިން ކައިވެނި ކުރީ 2015 ގަ އެވެ.

Jhonny Depp ge anhenun varivaan court ah

Jhonny Depp ge anhenun varivaan court ah

The most trusted news source in the Maldives

Mihaaru

ޑެޕް ކައިރިން ވަރިވާން އެމްބާ ކޯޓަށް ދިޔައީ 2016 ވަނަ އަހަރު.

ޑެޕްގެ ގާތުން ވަރިވާން ކޯޓަށް ހުށަހެޅުމަށް ފަހު އެމްބާ ވަނީ އޭނާ އަށް ތަކުރާރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ޑެޕް އަނިޔާކޮށްފައިވާ ކަމަށާއި ވަރިވާން ނިންމީ އެ ނޫން ގޮތެއް ނެތުމުން ކަމަށް ބުނެފަ އެވެ.