އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
04 މާޗް 2019
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީގައި ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ 46 ވަނަ ޖަލްސާގައި ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އޯއައިސީގެ މެމްބަރު ގައުމުތަކުން މިހާރަށް ވުރެ ގާތުން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"އިތުރުވަމުން އަންނަ އަނިޔާވެރި ޓެރަރިޒަމާއި ހަރުކަށި ވިސްނުން މި ވަނީ އިސްލާމީ އުއްމަތަށް ގޮންޖެހުމަކަށް ވެފައި. މި ނުބައި ވިސްނުމާ ދެކޮޅަށް އަޅުގަނޑުމެން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ވެސް ރާއްޖޭން ކުށްވެރިކޮށް އެކަންކަމާ ދެކޮޅު ހަދާ ކަމަށާއި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޓެރަރިޒަމަކީ އެއްބައިވަންތަކަމާއި މިނިވަންކަމަށް ހުރަސް އަޅާ ކަމެއް ކަމަށާއި އެއީ އިސްލާމީ އުސޫލުތަކާ ސީދާ އިދިކޮޅު ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އައި އެއީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށާއި އެ މައްސަލައަށް ބޭނުންވަނީ ބައިނަލްއަގުވާމީ ހައްލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމުގައި ގުޅިގެން ފުރިހަމަ ގޮތްތަކަށް އަމަލުކުރުމަށްޓަކައި އަވަށްޓެރިންނާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރަން ދިވެހިރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް،" ޝާހިދު ވިދާޅުވި އެވެ.
އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ އިސް ވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި އެ ބައްދަލުުވުމުގެ ހަވާސާގައި އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާ ވަކިވަކިން ބައްދަލު ކުރެއްވި އެވެ.
އޯއައިސީ ސަމިޓުގެ ތައްޔާރީތަކަށް ޝާހިދު ސައޫދީ އަށް
ރާއްޖޭން ވަކާލާތުކުރާނީ މުސްލިމުންގެ ހައްގުގައި: ޝާހިދު
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ޖަމީލް/އުމަރު އެއްބަސްނުވާ އާ ކަމެއް ނުކުރޭ: ޝާހިދު
ރާއްޖެ،އަނެއްކާވެސް އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް
ކޮމަންވެލްތުގެ އިދާރާގައި ދިވެހި ދިދަ ވިހުރެން ފަށައިފި
ޔޫއޭއީގެ އެމްބަސީއަށް ހުޅުމާލެއިން ބިމެއް ދޫކޮށްފި
މިނިސްޓަރު ޝާހިދު ވެސް އިންޑިއާ އަށް
ޝާހިދު ޗައިނާ އަށް ވަޑައިގަތީ ގޮތް ހުސްވުމުން: ޝިޔާމް
ޝާހިދު ފުރަތަމަ ފަހަރަށް ޗައިނާއަށް ވަޑައިގެންފި