25 ފެބުރުއަރީ 2020
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިން އަނެއްކާ ވެސް ވާދަކުރަން ނިންމައިފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިން އަނެއްކާ ވެސް ވާދަކުރަން ނިންމައިފި އެވެ.
އެ ގޮނޑިއަށް ވާދަކުރާނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނު ކުރެއްވީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި މިއަދު ބޭއްވި ބައްދަލުވުމެއްގެ ތެރޭގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އިން ކުރިމަތިިލާން ނިންމީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ 2022 ގަ އެވެ.
މީގެ ކުރިން 2011-2016 އާ ހަމައަށް ވެސް ރާއްޖެ އިން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ ދައުރު އަދާކޮށްފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމަށް ރާއްޖެ އިން މަސައްކަތް ކުރުމާއި މެމްބަރު ގައުމުތަކުގެ އަޑު އުފުލައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި، މޫސުމީ ބަދަލުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ. ވޮލަންޓަރީ ޓްރަސްޓް ފަންޑު ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައީ އޭގެ ނަތީޖާއެއްގެ ގޮތުންނެވެ.
އދ. ގެ އެންމެ ބާރު ގަދަ ކައުންސިލް ކަމަށްވާ، ސެކިއުރިޓީ ކައުންސިލަށް ވެސް ރާއްޖެ އިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު ވާދަކުރި އެވެ. ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން ރާއްޖެ އަށް ލިބުނީ 46 ގައުމެއްގެ ވޯޓެވެ.
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
ޝާހިދުގެ ޗީފް އޮފް ސްޓާފަކަށް އިންޑިއާގެ ޑިޕްލޮމެޓެއް
ކާމިޔާބީއާއެކު އާ އެތައް ފުރުސަތެއް ރާއްޖެއަށް ލިބޭނެ
ހޫނުމިން މަަތިވިޔަަނުދޭން ފިޔަވަޅު އަޅަން ޖެހޭ: ޝާހިދު
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ޕޮލިސްއެކަޑެމީ އަޅާތީ ޝާހިދުގެ ޝުކުރު ޖަމީލާއި އުމަރަށް
އިންޑިއާގެ ކްރެޑިޓްލައިނުގެ ދަށުން 7 މަޝްރޫއެއް ފަށަނީ
އިންޑިޔާ އިން 250 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ
އެމްބަސީ އަޅަން ޕާކިސްތާނަށް ވެސް ބިމެއް ދީފި
އދ. އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖެ ވާދަކުރަނީ