27 އޯގަސްޓް 2016
އަންކާރާ (އޮގަސްޓް 27) - ތުރުކީގެ އަންހެން ފުލުހުން ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފި އެވެ.
އަންކާރާ (އޮގަސްޓް 27) - ތުރުކީގެ އަންހެން ފުލުހުން ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފި އެވެ.
ތުރުކީގެ ރަސްމީ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމުގައިވާ ގޮތުން ފުލުހުންގެ ވަޒީފާގައި އުޅޭ އަންހެނުން ޔުނިފޯމުގެ ކުލައާ ތަފާތު ނުވާ ގޮތަށް ބުރުގާ އެޅުމަކީ ހުއްދަ ކަމެއް ކަމަށެވެ.
ތުރުކީގައި ބުރުގާ އެޅުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެ ގައުމުގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އިން މަސައްކަތް ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ޔުނިވާސިޓީ ކެމްޕަސްތަކުގައި ބުރުގާ އަޅައިގެން އުޅުން ތުރުކީގައި ހުއްދަކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. މި ނިންމުމާ އެކު ސަރުކާރުގެ މުވައްސަސާތަކުގައި ކިޔަވާ އަންހެން ކުދިން 2013 ވަނަ އަހަރުން ފެށިގެން އަދި ހައި ސްކޫލް ކުދިން 2014 ވަނަ އަހަރުން ފެށިގެން ބުރުގާ އެޅުން ވަނީ ހުއްދަކޮށްފަ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ދެކޮޅު ފަރާތްތަކުން ދަނީ ތުރުކީގެ މި ޒަމާނުގެ އުސޫލުތައް އުރުދުޣާން ނައްތާލައްވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. ތުރުކީ ސަރުކާރަށް ތާއީދުކުރާ މީޑިއާތަކުން ބުނެފައި ވަނީ ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް މިހާރު އަންހެން ފުލުހުން ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ ދެމުންދާ ކަމަށެވެ. ސްކޮޑްލެންޑުގެ ފުލުހުން ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ މި މަހު ވަނީ ދީފަ އެވެ.
އަންހެނުން ފުލުހުންގެ ތެރެއަށް ވެއްދުމުގެ ބޭނުމުގައި ކެނެޑާ ސަރުކާރުން ވެސް މި ހަފުތާގައި ވަނީ ރޯޔަލް ކެނޭޑިއަން ޕޮލިހުގެ އަންހެން ފުލުހުން ޔުނިފޯމާ އެކު ބުރުގާ އެޅުމުގެ ހުއްދަ ދީފަ އެވެ.
ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި
ތުރުކީން 8،000 ފުލުސް އޮފިސަރުން ސަސްޕެންޑްކޮށްފި
އުރުދުޣާން އަނެއްކާވެސް ކާމިޔާބީއާ ދިމާލަށް
ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ޔޫރަޕާއި އޭޝިއާ ގުޅުވާލާ ބްރިޖު ހުޅުވައިފި
ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު ފުރުން މަނާކޮށްފި
ހުޅުމާލޭގައި ހަމަލާ ދިނީ ތުރުކީ މީހަކަށް
ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރަން ތުރުކީން އެހީވަނީ
ރާއްޖޭގެ ޑްރަގް މެޕް، 4 ބައްރުން 19 ގައުުމު