Roadha Mihaaru
ދިރާގު ރޯޑް ރޭސް، އިޖްތިމާއީ ރޮނގުން ވިދާލައިފި

ދިރާގު ރޯޑް ރޭސް، އިޖްތިމާއީ ރޮނގުން ވިދާލައިފި

06 މާޗް 2019

އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތޮންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ މިދިއަ އަހަރުގެ ގަދަ ތިނެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހިމެނިއްޖެ އެވެ.

އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތޮންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ މިދިއަ އަހަރުގެ ގަދަ ތިނެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހިމެނިއްޖެ އެވެ.

މިއީ ރާއްޖޭގެ ރޭހެއް ބައިނަލްއަގުވާމީ އެވޯޑެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

އެއިމްސް އިން މި އެވޯޑް ދެނީ ކޮންމެ އަހަރަކު ވެސް އިޖުތިމާއީ ހަރަކާތްތައް އެންމެ ފުރިހަމައަށް ގެންދާ ރޭސްތަކުގެ ތެރެއިން ރޭހަކަށެވެ. މިދިޔަ އަހަރުގެ އެވޯޑް ލިބުނީ ބެލްގްރޭޑް މެރެތަން އަށެވެ.

ދިރާގު ރޯޑް ރޭހުގެ އިތުރުން ގަދަ ތިނެއްގައި ދެން ހިމެނުނީ ސޮލްވޭކިޔާގެ ކޮސީޗޭ ޕީސް މެރެތަނެވެ.

އެއިމްސްގެ މި ހާއްސަ އެވޯޑް މީގެ ކުރިން ވަނީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ރޭސްތަކަށް ވެސް ލިބިފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް މެރެތަން ރޭސް އަދި އެންމެ ގިނައިން މަރެތަންގެ ދުނިޔޭގެ ރެކޯޑް ހަދާފައިވާ، ޖަރުމަނުގެ މިޔުނިކް މެރެތަންގެ އިތުރުން ޓޯކިއޯ މެރެތަން ފަދަ މަޝްހޫރު ދުވުންތަކަށް ވެސް އިޖުތިމާއީ އެވޯޑް ދީފައިވެ އެވެ.

ދިރާގު ރޯޑު ރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ، ހުރިހާ އުމުރަކަށް ހުޅުވާލައިގެން ބާއްވާ އަދި ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގައި އެކްރެޑިޓް ކޮށްފައިވާ ދުވުމުގެ ހަމައެކަނި ހަރަކާތެވެ. އެގޮތުން ދިރާގު ރޯޑް ރޭހުގެ ރޫޓް ވެސް ވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތްލެޓިކްސް (އައިއޭއޭއެފް) އިން ސެޓިފައިޑް ކޮށްފަ އެވެ.

ދިރާގު ރޯޑް ރޭހުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް މުވައްޒަފަކު އެހީ ތެރިވަނީ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދިރާގު ރޯޑް ރޭހުގައި ބައިވެރިވި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް މުވައްޒަފަކު އެހީ ތެރިވަނީ --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އެންމެ 150 ދުވުންތެރިންނާ އެކު މީގެ 13 އަހަރު ކުރިން ދިރާގުން ފެށި ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިހާރު ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް އިވެންޓަށެވެ. މީގެ އެއް ހެއްކަކީ މިދިއަ އަހަރުގެ ރޭހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ތެރޭ 4،000 ދުވުންތެރިން ރެޖިސްޓަރީ ކުރުމެވެ. ދިވެހިންގެ އިތުރުން ބޭރު މީހުން ވެސް މި ރޭހުގައި ބައިވެރިވެ އެވެ. އެގޮތުން މިދިޔަ އަހަރު ތަފާތު 28 ގައުމެއްގެ މީހުން ދުވެފައިވެ އެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ބާއްވާ މި ހަރަކާތުގައި ފާއިތުވެދިޔަ ހަތް އަހަރު ހާއްސަކުރީ ކުޑަކުދިން ހިމާޔަތްކޮށް ރާއްކާތެރި ކުރުމަށެވެ. މިއީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް، ދުވުމުގެ ހަރަކާތެއްގެ ތެރެއިން އެހީތެރިކަން ހޯދައިދޭން ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ ރޭހެވެ. ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯތަކަށް އެ ރޭހުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވެ އެވެ.

ދިރާގު ރޯޑު ރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުން --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ދިރާގު ރޯޑު ރޭހަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުން --ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މިދިޔަ އަހަރު އެކަނި ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭހުން ޖުމްލަ 600،000 ރުފިޔާ، ރޭހުގައި ހިމެނުނު ފަސް އެންޖީއޯއަށް ލިބުނެވެ. އެއީ ރޭހުގެ ބައިވެރިންނަށް ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާގެ އިތުރުން އެ ފަސް ޖަމިއްޔާއަށް ދިރާގުން ހަދިޔާކުރި 200،000 ރުފިޔާގެ ފައިސާގެ އިނާމާ އެއްކޮށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕްލާސްޓިކް ފްރީ އިވެންޓަކީ ވެސް ދިރާގު މޯލްޑިވްސް ރޯޑް ރޭހެވެ. އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މި ރޭހުގެ ހަރަކާތް ކުރިއަށް ދާ ސަރަހައްދުގައި ބޭނުމެއް ނުކުރެ އެވެ. އޭގެ އިތުރުން ވެސް ދިރާގުން އަންނަނީ އެކި އަހަރު ހާއްސަ އެކި ކަންކަން ރޭހުގައި ހިމަނަމުންނެވެ.

މިދިއަ އަހަރުގެ ރޭހުގެ 10 ކިލޯމީޓަރު ދުވުން، އަހުމަދު ރިޒާ ނިންމަނީ --ފޮޓޯ:އަހުމަދު ނިޝާތު/މިހާރު

މިދިއަ އަހަރުގެ ރޭހުގެ 10 ކިލޯމީޓަރު ދުވުން، އަހުމަދު ރިޒާ ނިންމަނީ --ފޮޓޯ:އަހުމަދު ނިޝާތު/މިހާރު

އެގޮތުން 2016 ވަނަ އަހަރު ވަނީ މި އިވެންޓަށް ހާއްސަ އެޕެއް ވެސް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދުވުންތެރިންނަށް އެމީހަކު ދުވާ ސްޕީޑާއި ދުވުންތެރިޔާގެ ސްޓޭޓަސް ބަލައިލެވޭނެ އެވެ. ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުވުންތެރިޔާ ލައިވްކޮށް ޓްރެކް ކުރެވޭ އިރު މިއީ ބައިނަލްއަގްވާމީ މަގްބޫލު އެހެން ރޭސްތަކުގައި ވެސް ބޭނުން ކުރާ ފީޗާތައް އެކުލެވިގެންވާ އެޕްކެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދިރާގުން މި ރޭސް ކުރިއަށްގެންދާނެ ކަމަށެވެ. ބައިނަލްއަގްވާމީ މައިދާނުގައި ދުވުމުގެ ހަރަކާތެއްގެ ގޮތުގައި ދިރާގު ރޯޑް ރޭސް ފާހަގަކުރެވި، ހާއްސަ އެވޯޑެއްގެ ގަދަ ތިނެއްގައި ހިމެނުމަކީ ރޭސް އިތުރަށް ފުރިހަމަކޮށް، އިޖްތިމާއީ ގޮތުން ގިނަ ބަޔަކަށް ފައިދާވާނެ ގޮތަކަށް ކުރިއަށް ގެންދަން ދިރާގަށް ލިބުނު އިތުރު ހިތްވަރެކެވެ.