Roadha Mihaaru
އީސީ އަށް ހަބީބު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

06 މާޗް 2019

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް މިހާރު އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ އިތުރު ދައުރަކަށް ހަބީބް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް ހަބީބަށެވެ. އޭނާ އަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިނީ 90.28 ޕަސެންޓް މާކްސް އެވެ.

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ހަބީބްގެ މެމްބަރު ކަމުގެ ދައުރު އަންނަ ބުދަ ދުވަހު ހަމަވާތީ އެވެ. އީސީގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ. މެމްބަރުކަމުގައި ދެ ދައުރު ހުންނެވޭނެތީ، ހަބީބަށް އީސީގެ މެމްބަރު ކަމުގައި އިތުރު ދައުރެއް ފުރިހަމަ ކުރެއްވުމަށް ހުރަހެއް ނެތެވެ.

އިސީގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ހަބީބްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތެވެ.

އިލެކްޝަންސްގެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމުން 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހ. އަމްސާވިލާ ހަބީބާއި އަހުމަދު މޫސާ އަށެވެ.

ރިޕޯޓްގައިވާ ގޮތުން، ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ހަބީބްގެ ނަން ފާސްވެފައިވާތީ އިތުރު ބޭފުޅެއްގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ.