07 މާޗް 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާފުށީ ޖަލުގައި ހައްޔަރުކުރި ފަހުން އައިޖީއެމްއެޗުގައި ދެވަނަ ފަހަރަށް ފަރުވާ ދިނުމަށް ފަހު މިއަދު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާފުށީ ޖަލުގައި ހައްޔަރުކުރި ފަހުން އައިޖީއެމްއެޗުގައި ދެވަނަ ފަހަރަށް ފަރުވާ ދިނުމަށް ފަހު މިއަދު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޮބްޒަވޭޝަނަށް އެޑްމިޓް ކުރުމަށް ފަހު މިއަދު ހެނދުނު 9:00 ހާއިރު އެމަނިކުފާނު ދޫކޮށްލާފައިވާ ކަމަށެވެ.
މަނީ ލޯންޑަަރިންގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ޔާމީން ދެވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހޯމަ ދުވަހެވެ. ހިތުގެ ޑޮކްޓަރުގެ ލަފަޔަށް، އޭރު އެޑްމިޓްކުރީ 24 ގަޑިއިރަށް ކަމަށް ހޮސްޕިޓަލުން ބުންޏަސް އެމަނިކުފާނު ދޫކޮށްލާފައި ވަނީ ތިން ދުވަސް ފަހުންނެވެ.
ޔާމީންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެކަމަކު، ހައްޔަރުކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އައިޖީއެމްއެޗަށް ގެންގޮސް 24 ގަޑިއިރު ވަންދެން އޭރު އެޑްމިޓްކުރި އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޔާމީން ގެ އަށް ބަދަލުކޮށްފި
ހިތުގެ ޑޮކްޓަރުގެ ލަފަޔަށް ޔާމީން އެޑްމިޓްކޮށްފި
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
ގޮޅިތެރެއަށް ވެއްޓުމުން އަދީބު އެމަޖެންސީގައި މާލެއަށް
ކްރިކަށް އައިޖީއެމްއެޗުން މެޑިކަލް ދިނީ ޓެސްޓް ނުހަދާ
ކެމެރާ ހަރުކޮށް ޔާމީންގެ ހަރަކާތްތައް ބަލާ: ޕީޕީއެމް
ހުކުމް ތަންފީޒު ކުރުމަށް ޔާމީން މާފުށީ ޖަލަށް
ގައިދީން ސްޕެޝަލިސްޓުންނަށް ދައްކަން އޮޕަރޭޝަނެއް
ބޮޑު އިމާރާތުން ހިދުމަތަށް އައީ ކޮން ބަދަލެއް؟
މާވިން އާއި ލަމްހާގެ ނާސިން ލައިސަންސް ބާތިލްކޮށްފި