Roadha Mihaaru

އޮޒާރޯ ސޭލުން މިފަހަރު ތިން ބެޑްރޫމް ސެޓް!

އަގު ބޮޑު އިނާމުތަކެއް ލިބޭ "އޮޒާރޯ ސޭލް 2019" ފަށައިފި އެވެ.

އޮޒާރޯ ސޭލުން މިފަހަރު ތިން ބެޑްރޫމް ސެޓް!
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 މާޗް 2019

އަގު ބޮޑު އިނާމުތަކެއް ލިބޭ "އޮޒާރޯ ސޭލް 2019" ފަށައިފި އެވެ.

މި ޕްރޮމޯޝަން މާޗު 9 އިން މެއި 12 އަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން 10 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 2،000ރ. ގެ ވިޔަފާރިއަކަށް 100ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ. މިގޮތަށް ދޫކުރާ ގިފްޓް ވައުޗާ ބޭނުންކޮށްގެން މެއި 13 އިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް އޮޒޯރާ އިން ވިޔަފާރި ކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ތިން ނަސީބުވެރިން ހޮވާނެ އެވެ. ނަސީބުވެރިން ހޮވާނީ ކޮންމެ ދެ ހަފުތާއަކުންނެވެ. އަދި ނަސީބުވެރިންނަށް ކްއީން ސައިޒު ބެޑް ރޫމް ސެޓެއް ލިބޭނެ އެވެ.