އަލޯރާ އަހަރީ ޕްރޮމޯޝަން 2019 ފަށައިފި އެވެ.
18 މާޗް 2019
އަލޯރާ އަހަރީ ޕްރޮމޯޝަން 2019 ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިޔައް ދާނީ މާޗު 17، 2019 އިން މެއި 12، 2019 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން 10 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އަދި ބެޑްޝީޓުން 45 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި ހޮވާ ނަސީބުވެރިއަކަށް އީ1 ސްޓޭންޑާޑްގެ ކުއީން ސައިޒުގެ ބެޑްރޫމް ސެޓެއް ލިބޭނެ އެވެ. މި ބެޑްރޫމް ސެޓްގެ އަގު 32،500ރ. އަށް އަރާ އިރު ފަސް ދޮރުފަތްލީ އަލަމާރިއަކާއި ޑްރެސިން ޓޭބަލެއްގެ އިތުރުން ނައިޓް ޓޭބަލެއް ވެސް ލިބޭނެ އެވެ.
އަލޯރާ ފިހާރަ-- މި ޕްރޮމޯޝަންގައި ހޮވޭ ނަސީބުވެރިއަކަށް ބެޑްރޫމް ސެޓެއް ލިބޭނެ--ފޮޓޯ: އަލޯރާ
މި ޕްރޮމޯޝަންގެ ދަށުން ކުރާ ކޮންމެ 5،000ރ. ގެ ވިޔަފާރި އަކަށް ކޫޕަނެއްގެ އިތުރުން 200ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް އަލޯރާ އިން ބުނެ އެވެ. ކުރާ ކޮންމެ 10،000ރ. ގެ ވިޔަފާރިއަކަށް 500ރ. ގެ ވައުޗަރެއް ލިބޭ އިރު 20،000ރ. ގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް 1،000ރ. ގެ ވައުޗަރެއް ލިބޭނެ އެވެ.
މި ވައުޗަރު ބޭނުން ކުރަން ފެށޭނީ މެއި 13، 2019 އިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށެވެ.
އޮޒާރޯ ސޭލުން މިފަހަރު ތިން ބެޑްރޫމް ސެޓް!
ސްޓޮކް ހުސްވަންދެން އަލޯރާ ހުސްކުރާ ސޭލް ކުރިޔަށް!
އަލޯރާގެ 18 ވަނަ އަހަރީ ދުވަހާ ދިމާކޮށް ސޭލެއް
އަލޯރާ އިން ވިޔަފާރިކޮށްގެން އައިފޯނެއް
އަލޯރާ: ފަރުނީޗަރު ވިޔަފާރީގެ އެންމެ އުހުގައި!
އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކްކޮށްފި
ހައި އެންޑްގެ އަގުހުރި އިނާމުތަކަކާއި ޑިސްކައުންޓް
"އޭވޮން" އިން އާ އެނދެއް ތައާރަފް ކޮށްފި
"ޒްބޮމް" ބްރޭންޑްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
ދަމާސްގެ "އިޔާ އެންޑް ސޭލް"ގެ ލަކީޑްރޯ ނަގައިފި