ފަރުނީޗަރު ވިއްކާ މަޝްހޫރު ކުންފުނި އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
06 އޯގަސްޓް 2023
ފަރުނީޗަރު ވިއްކާ މަޝްހޫރު ކުންފުނި އަލޯރާގެ ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖުތައް ކަމަށްވާ އަލޯރާ ޕޭން ހޯމް، އަލޯރާ އޮފީސް ފާނިޗާ، ޕޭން މެޓަލް އަދި ޕޭން އޯޝަން އިންޓަނޭޝަނަލް ފޭސްބުކް ޕޭޖުތައް ހެކުވެފައިވާ ކަމަށެވެ. އަދި މިއިން އެއްވެސް ޕޭޖަކުން އެއްވެސް ކަސްޓަމަރަކަށް މެސެޖުކޮށްފި ނަމަ ޖަވާބު ނުދިނުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
"އަޅުގަނޑުމެން މިހާރު މި ދަނީ ފޭސްބުކްގެ އެޖެންޓަކާ ވާހަކަދައްކާ މި މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން. ފޭސްބުކްއިން ދިމާވެފައިވާ މައްސަލަ ހައްލުވަންދެން ސޯޝަލް މީޑިއާ މެދުވެރިކޮށް އަޅުގަނޑުމެންނާ މުއާމަލާތްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އަޅުގަނޑުމެންގެ އިންސްޓަގްރާމް ޕޭޖުތަކަށް މެސެޖު ކުރެވޭނެ،" އަލޯރާގެ މާކެޓިން ކޯޑިނޭޓަރު މަރިޔަމް އިޝާ އިސްމާއިލް ވިދާޅުވި އެވެ.
އަލޯރާއިން ބުނީ މި މައްސަލަ ހައްލުވިހާ އަވަހަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނަށް އެކަން އަންގާނެ ކަމަށެވެ.
އަލޯރާ އިން އެސްބީ ސްޓޮކް ކްލިއަރެންސް ސޭލް ފަށައިފި
އަލޯރާ އިން ބެޑްރޫމް ފަރުނީޗަރަށް މެގަ ސޭލެއް
އަލޯރާ ޕޭން ހޯމްގެ ވެބްސައިޓު ތައާރަފުކޮށްފި
އަލޯރާގެ އަހަރީ ޕްރޮމޯޝަން ފަށައިފި
އަލޯރާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!
އަލޯރާއިން އިތުރު ބްރޭންޑެއް ތައާރަފުކޮށްފި
އިނގިރޭސިވިލާތުގެ ހޯމް އެޕްލަޔަންސް އަލޯރާއިން ވިއްކަނީ
ޕޭން މެޓަލްގެ ހާއްސަ ސޭލެއް
ގިނައިން މުދާ ގަތުމުން އަލޯރާ އިން ބޮޑެތި ޑިސްކައުންޓް
އަލޯރާ އަހަރީ ޕްރޮމޯޝަން ފަށައިފި