Roadha Mihaaru
އަތްފައި ބަނުމުން ވައުދު ފުއްދަން ދުވަސް ނަގާނެ:ނަޝީދު

މަޖިލިހުގެ އަޣުލަބިއްޔަތު ނުދީ، އަތްފައި ބަނުމުން ވައުދު ފުއްދަން ދުވަސް ނަގާނެ: ނަޝީދު

16 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ނުލިބި "އަތްފައި ބަނދެވުނީމަ" ވައުދުތައް ފުއްދަން ގިނަ ދުވަސް ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް އަޣުލަބިއްޔަތު ނުލިބި "އަތްފައި ބަނދެވުނީމަ" ވައުދުތައް ފުއްދަން ގިނަ ދުވަސް ނަގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "އެޖެންޑާ 19" ގެ ޕެނަލް ޑިސްކަޝަންގައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އޮތް ގޮތުން ރިޔާސީ އިންތިހާބެއް އެކަނި ކާމިޔާބުކޮށްގެން ރާއްޖޭގެ ވެރިކަމެއް ނުހިންގޭނެ ކަމަށެވެ. އެހެންވެ، އެމްޑީޕީން ބޭނުންވާ 19 ގާނޫނީ އޮނިގަނޑު ގެނައުމަށް އެ ޕާޓީގެ އަޣުލަބިއްޔަތު މަޖިލިހުގައި މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ހުދުމުހުތާރު ގޮތަކަށް ކަންކަން ކުރެއްވުމުން، ރައީސަކީ "ބޮޑު ސަރުކާރެއް" ކަމަށް ބައެއް މީހުންގެ ހިތަށް އަރާ ކަމަށެވެ. އެކަމަކު، މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބި ކުރިއަށް ދެވެން ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕެނަލް ޑިސްކަޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ކ-2) ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން މި ވާހަކަ ދައްކަނީ ވޯޓާ ގާތްވީމާ ވޯޓު ހޯދަން. އެކަމަކާ އަޅުގަނޑު އިންކާރެއް ނުކުރަން. އަޅުގަނޑުމެން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރާ ނިޒާމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން މަޖިލިހަށް ހުށަހެޅުމަށް ތައްޔާރު ކުރި 'އެޖެންޑާ 19' ގެ ކަރުދާސްތަކުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމާއި އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާއި ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމާއި ޝަރުއީ ނިޒާމު އިސްލާހު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

"ވޯޓު އަޅުގަނޑުމެންނަށް ލިބުނީމާ، މިއާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،" އެމްޑީޕީގެ ސިޔާސަތުތައް ހިމެނޭ ކަރުދާހަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ގާކޮށި ސަރަހައްދުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައެއް އާންމުން ބައިވެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގާކޮށި ސަރަހައްދުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައެއް އާންމުން ބައިވެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން މި ދަންނަވަނީ މި ކަންކަން ކުރުމުގެ ގާބިލްކަން އެބައޮތް. އަޒުމް ވެސް އެބައޮތް. އިހްލާސްތެރިކަން ވެސް އެބައޮތް. ރާއްޖެ އަކީ މި ކަން ކުރުމަށް ތަނަވަސް ގައުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް އެ ބޭފުޅުންނަށް ފުރިހަމަ ކުރެއްވޭނެ ކަމަށެވެ. ސަރުކާރުގައި ތިއްބެވީ ގާބިލް ބޭފުޅުންތަކެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ފ. ނިލަންދޫ ދާއިރާ ފިޔަވައި ހުރިހާ ދާއިރާ އަކަށް ވާދަކުރެ އެވެ. އިންތިހާބުގެ ފޯރި ގަދަވެފައިވާ އިރު، ސިޔާސީ ގިނަ ޕާޓީތަކުން ވެސް އިންތިހާބަށް ވަނީ ނުކުމެފަ އެވެ. އަދި އަމިއްލަ ގޮތުން ވެސް ގިނަ ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.