Roadha Mihaaru
ފުޑް ހަބް ބޮޑު ބަދަލަކާ އެކު ލަންކާ އަށް ވެސް!

ފުޑް ހަބް ބޮޑު ބަދަލަކާ އެކު ލަންކާ އަށް ވެސް!

29 އޯގަސްޓް 2016

ފުޑް ހަބަކީ ކޮން އެއްޗެއްކަން މިހާރު ދިވެހިންނަށް އަލެއް ނުވާނެ އެވެ. އޭގެ ބޭނުން ހިފާ ދިވެހިންގެ އަދަދު ވެސް މަދެއް ނޫނެވެ. ބިޒީކޮށް އުޅެމުން ކާން ބޭނުންވާ އެެއްޗަކަށް އޯޑަރު ދިނުމަށް އެންމެ ގިނަ ބަޔަކު މިހާރު ބޭނުންކުރަނީ ފުޑް ހަބް ޑޮޓްކޮމް ނުވަތަ ފުޑް ހަބްގެ މޮބައިލް އެޕްލިކޭޝަނެވެ.

ފުޑް ހަބަކީ ކޮން އެއްޗެއްކަން މިހާރު ދިވެހިންނަށް އަލެއް ނުވާނެ އެވެ. އޭގެ ބޭނުން ހިފާ ދިވެހިންގެ އަދަދު ވެސް މަދެއް ނޫނެވެ. ބިޒީކޮށް އުޅެމުން ކާން ބޭނުންވާ އެެއްޗަކަށް އޯޑަރު ދިނުމަށް އެންމެ ގިނަ ބަޔަކު މިހާރު ބޭނުންކުރަނީ ފުޑް ހަބް ޑޮޓްކޮމް ނުވަތަ ފުޑް ހަބްގެ މޮބައިލް އެޕްލިކޭޝަނެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެވްރީތިން ރެޑްގެ ފަރާތުން ތައާރަފްކުރި ފުޑް ހަބަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަދު ވަނީ އަލުން ތައާރަފްކޮށްފަ އެވެ. މި ފަހަރުގެ ބަދަލުތަކަކީ ސްމާޓް ފޯނުތައް ބޭނުންކުރާ މީހުންނަށް ވަރަށް މުހިންމު ފީޗާސްތަކެކެވެ. އެގޮތުން އޯޑަރު ދިނުމަށް ފަހު އޮންލައިންކޮށް ބޭންކް އޮފް މޯލްޑިވްސް ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކެ އެވެ. އަދި އުރީދޫ މޮބައިލް މަނީ މެދުވެރިކޮށް ވެސް ފައިސާ ދެއްކެ އެވެ.

ފުޑް ހަބުން އަލަށް ތައާރަފްކުރި އެހެން ފީޗާސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް އޮންލައިން ޗެޓާއި އެޕަލް ފޯނުތަކަށް ހާއްސަ ތްރީޑީ ޓަޗް ވެސް ހިމެނެ އެވެ. އަދި ޑެލިވަރީކުރާ މީހާ ދަތުރުކުރާ ގޮތް ބެލުމަށް ކަސްޓަމަރަށާއި ރެސްޓޯރަންޓަށް ޖިއޯ ލޮކޭޝަންގެ ހިދުމަތް ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ވަކި ވަގުތުތަކެއްގައި އޯޑަރު ދޭ ކަސްޓަމަރުންނަށް، ހާއްސަ އަގެއްގައި ވިއްކޭ ގޮތަށް ވެސް ހިމަނާފައިވެ އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް ފުޑް ހަބް: މިހާރު ވަނީ ލަންކާއަށް ވެސް ފުޅާކޮށްފައި

ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް ފުޑް ހަބް: މިހާރު ވަނީ ލަންކާއަށް ވެސް ފުޅާކޮށްފައި

އަލަށް މި ތައާރަފްކުރި ހިދުމަތްތަކުގެ އިތުރުން ފުޑް ހަބް މިހާރު ވަނީ އަވަށްޓެރި ސްރީ ލަންކާއާ ހަމަޔަށް ވެސް ފޯރައިފަ އެވެ. މިއީ ރާއްޖޭގެ މިފަދަ ހިދުމަތެއް ލަންކާގައި ދޭން ފެށި ފުރަތަމަ ފަހަރެވެ.

ފުޑް ހަބްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފުޑް ހަބް ޑޮޓް އެލްކޭ އެޕްލިކޭޝަނަށް ލަންކާގެ ރެސްޓޯރަންޓްތަކާއި ހޮޓާ އަދި ކެފޭތަކަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ފުޑް ހަބްގެ ހިދުމަތް އެ ގައުމުގެ 25،000 ރެސްޓޯރަންޓުން ދިހަ މިލިއަން ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އުއްމީދުކުރަނީ ފުޑް ހަބްއަކީ އަވަށްޓެރި ލަންކާގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލް ހިދުމަތަކަށް ވާނެ ކަމަށް. އެ ގައުމުގައި ވެސް އަޅުގަނޑުމެންގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ފުޑް ހަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ރާއްޖޭގެ 199 ރަށެއްގެ 4،000 އަށް ވުރެ ގިނަ ރެސްޓޯރަންޓަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. ރާއްޖޭގައި މި ވަގުތު ފުޑް ހަބް މެދުވެރިކޮށް އޯޑަރުކުރެވެނީ މާލޭ، ހުޅުމާލެ، ވިލިމާލެ، އަދި އައްޑު އާއި ފުވައްމުލަކުގެ ރެސްޓޯރަންޓްތަކުންނެވެ.

ފުޑް ހަބުން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ފޯނު މެދުވެރިކޮށް ރެސްޓޯރަންޓްތަކަށް އޯޑަރު ދިނުން މަދުކޮށް އެންމެ ޒަމާނީ ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ރެސްޓޯރަންޓާއި ކެފޭތަކަށް އޯޑަރު ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމަށެވެ.