Roadha Mihaaru
ފުޑްހަބުން ޕިއްޒާ އޯޑަރު ކޮށްގެން އައިފޯނެއް

ފުޑް ހަބް މެދުވެރިކޮށް ޕިއްޒާ އޯޑަރު ކޮށްގެން އައިފޯނެއް

27 އޮކްޓޯބަރ 2016

ޕިއްޒާއަކަށް އޯޑަރު ކޮށްގެން ފަހުގެ އައިފޯން 7 ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޕިއްޒާއަކަށް އޯޑަރު ކޮށްގެން ފަހުގެ އައިފޯން 7 ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޯނާ އިން ފަށައިފި އެވެ.

އަންނަ މަހުގެ 25ގެ ނިޔަލަށް ކުރި އަށް ދާ މި ޕްރޮމޯޝަނުގައި، ފުޑް ހަބް މެދުވެރިކޮށް ޕިއްޒާ އޯޑަރު ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވެ އެވެ.

ފުޑް ހަބަކީ ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި އާންމުން ގުޅުވައިދޭ ޕްލެޓްފޯމެކެވެ. ފުޑް ހަބް މެދުވެރިކޮށް ކާއެއްޗެއްސަށް އޯޑަރު ދީ ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ހޯދޭނެ އެވެ.

"މިއީ ވަރަށް ކުޑަ މަސައްކަތަކުން ބައިވެރިވެވޭ ޕްރޮމޯޝަނެއް. ފުޑް ހަބްގެ މޮބައިލް އެޕްލިކޭޝަން ޑައުންލޯޑު ކޮށް، ރެޖިސްޓާވުމަށް ފަހު އެ އެޕްލިކޭޝަން މެދުވެރިކޮށް ޕިއްޒާ އަށް އޯޑަރު ދީގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ." ޕިއްްޒާ ބޯނާގެ ޑިރެކްޓަރު އަލީ ރަޝީދު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތަށް ދިނުމަށް ހަމަޖެހިފައި ވަނީ އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 7 އެވެ.

އޯޑަރު ކުރުމުން ގޭގެ އަށް ގެންގޮސްދޭ ގޮތަށް 2010 ގައި ފެށި ޕިއްޒާ ބޯނާގެ ވިޔަފާރި ފުޅާ ކޮށް، މިހާރު ވަނީ އައުޓްލެޓެއް ވެސް ހުޅުވާފަ އެވެ. އެ ތަން ހުންނަނީ މަޖީދީ މަގުން، ތެލެސީމިއާ ސެންޓަރު ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ.