Roadha Mihaaru
މުސްލިމުން ނަމާދުކުރި އިރު ގިނަ ބަޔަކު ހިމާޔަތުގައި

ކްރައިސްޗާޗުގެ މުސްލިމުން ނަމާދުކުރި އިރު ގިނަ ބަޔަކު ހިމާޔަތުގައި

21 މާޗް 2019

ކްރައިސްޓްޗާޗް (މާޗް 21) - ބަޑި ހިފައިގެން ހުރި މީހަކު މިދިޔަ ހުކުރު ދުވަހު ހަމަލާ ދިން ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތުގެ ބޭރުގައި އިއްޔެގެ މަޣްރިބު ނަމާދު މުސްލިމުން ކުރަމުން ދިޔައިރު އެ ސިޓީ އާއްމުންގެ އެތައް ބަޔަކު އަތާއި އަތް ގުޅާލައިގެން ތިބެ މުސްލިމުންނަށް ހިމާޔަތް ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިއީ ހަމަލާ އަށް ފަހު މުސްލިމުންނާ މެދު ނިއު ޒީލެންޑުގެ އާއްމުން ދައްކުވައިދެމުންދާ އެއްބައިވަންތަކަމުގެ މިސާލުން އެއް ބައެވެ. ހަމަލާ އަށް ފަހު ވޭތުވެ ދިޔަ ދުވަސްތަކުގައި މިސްކިތުގެ ބޭރުގައި ނަމާދުކޮށްފައި ވަނީ މަދު ބައެކެވެ. އެކަމަކު ބުދަ ދުވަހުގެ މަޣްރިބު ނަމާދުގެ ޖަމާއަތުގައި ވަނީ ގިނަ ބަޔަކު ބައިވެރިވެފަ އެވެ. ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ނަމާދު ކުރަމުން ދިޔަ އިރު އެ ސިޓީގެ އާއްމުންގެ އެތައް ބަޔަކު އެ މީހުންގެ ފަހަތުގައި މަޑުމައިތިރިކަމާ އެކު ތިބީ އެކަކު އަނެކެއްގެ އަތުގައި ހިފަހައްޓައިގެން އިންސާނުންގެ ޗޭނެއްގެ ގޮތުގަ އެވެ.

"އަހަރެންގެ ހިތް އުފަލުން ފޮޅިއްޖެ. މިއީ ގަބޫލް ވެސް ނުކުރެވޭ ކަހަލަ ކަމެއް،" އޮސްޓްރޭލިއާ އިން ކްރައިސްޗާޗަށް ގޮސް ހުރި އުމަރު ،32، ބުންޏެވެ. "މުޖްތަމައުގެ އެންމެން މިހާ އެކުވެރިކޮށް އުޅޭތަން ފެނުމުން ވަރަށް އުފާވޭ."

ހަމަލާގައި ފިރިމީހާ މަރުވި ނުހާ އަސަދު ބުނީ ނިއު ޒީލެންޑް މީހުން މުސްލިމުންނަށް ވަރަށް އަޅާލައި ކަމަށާއި އެއީ ހިތާމައިގެ ވަގުތުގައި ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދު ކުރާ އިރު އާއްމުންގެ ބަޔަކު ހިމާޔަތް ދެނީ. --ފޮޓޯ:އޭއެފްޕީ

ކްރައިސްޗާޗުގެ އަލް ނޫރު މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދު ކުރާ އިރު އާއްމުންގެ ބަޔަކު ހިމާޔަތް ދެނީ. --ފޮޓޯ:އޭއެފްޕީ