Roadha Mihaaru
ހިއްސާ ވިއްކުމަށް އެމްއައިބީއިން ތައްޔާރުވަނީ

ހިއްސާ ވިއްކުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެމްއައިބީން ފަށައިފި

27 މާޗް 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އިސްލާމިކް ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އިންވެސްޓްމެންޓް (އައިސީޑީ) އާއި ދިވެހި ސަރުކާރާއި އަމާނާ ތަކަފުލް މޯލްޑިވްސްއާ ދެމެދު ވަނީ މުހިއްމު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ބައިވެރިވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އޭނާ ސޮއިކުރެއްވިއިރު އައިސީޑީގެ ފަރާތުން ސޮއި ކުރެއްވީ އައިމަން އަމިން ސެޖިނީ އެވެ.

މީގެ އިތުރުން އައިސީޑީ އާއި އަމާނާތަކާފުލް އާއި ދެމެދު ވެސް ސޮއި ކުރި އެވެ.

މި އެއްބަސްވުންތަކަކީ އިސްލާމިކް ބޭންކުގެ ހިއްސާއިން ބައެއް ސަރުކާރާއި އަމާނާތަކަފުލް އަށް ބަދަލު ކުރުމުގެ އެއްބަސްވުމެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އާންމުންނަށް ހިއްސާ ވިއްކުމަށް ވާން ޖެހޭ ތައްޔާރީތައްވެ ނަގަންޖެހޭ ހުއްދަ ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެމްއައިބީން ހިއްސާ ވިއްކުމަށް ހުޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް އުފައްދާފައި ވަނީ އޮގަސްޓް 2، 2010 އެވެ. އެ ކުންފުނީގެ މަސައްކަތް 2011 ވަނަ އަހަރު ފެށި އިރު އެ ކުންފުންޏަށް އެންމެ ފުރަތަމަ އިންވެސްޓްކޮށްފައި ވަނީ 11 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރީ އައިސީޑީންނެވެ.