Roadha Mihaaru
އެމްއައިބީ ވެސް ބަންދު ހަފުތާގެ ތިން ދުވަހު ހުޅުވާނެ

އެމްއައިބީން ވެސް ބަންދު ހަފުތާގެ ތިން ދުވަހު ހިދުމަތް ދޭނެ

18 މާޗް 2020

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބައެއް ހިދުމަތްތައް ވެސް ބަންދު ހަފުތާގެ ތިން ދުވަހު ދޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބައެއް ހިދުމަތްތައް ވެސް ބަންދު ހަފުތާގެ ތިން ދުވަހު ދޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މާދަމާ އިން ފެށިގެން އަންނަ ހަފުތާގެ ބުރާސްފައްޗާ ހަމައަށް ބަންދުކުރުމާ އެކު، އެ މުއްދަތުގައި ބޭންކްތައް ހުޅުވާފައި ހުންނަ ދުވަސްތައް، އެމްއެމްއޭ އިން ވަނީ އާންމުކޮށްފަ އެވެ. އެމްއެމްއޭގެ ނިންމުމާ އެއްގޮތަށް އެމްއައިބީގެ ހިދުމަތްތައް ދޭނީ މާދަމާ އާއި އަންނަ ހަފުތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

އެމްއައިބީން ބުނީ އެ ތިން ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށެވެ. މި ވަގުތުތަކުގައި ފައިސާ ޑިޕޮސިޓްކުރުމާއި ފައިސާ ނެގުމާއި ޗެކް ޑިޕޮސިޓް ކުރުމާއި ޗެކް ކްލިއާ ކުރުމާއި ފައިސާގެ ޓްރާންްސްފާގެ ހިދުމަތްތައް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ވިޔަފާރިވެރިންނަށް ހާއްސަ ހިދުމަތްތައް ވެސް ބޭންކުން ފޯރުކޮށްދޭނެ އެވެ. އެމްއައިބީ މެއިން ބްރާންޗާއި ރަށްރަށުގައި ގާއިމްކޮށްފައިވާ ބްރާންޗުތަކުން ވެސް އެ ހިދުމަތްތައް ލިބޭނެ އެވެެ.

އެމްއައިބީން ބުނީ ބަންދު ހަފުތާގައި ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ އިތުުރު ތަފްސީލު ކޯލް ސެންޓަރުން ލިބޭނެ ކަމަށެވެ.