އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ރޭ ކުއްލި ހާލަތުގައި ޖެއްސި އެމިރޭޓްސްގެ މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުން ފުރުން މިއަދު ހަވީރު 5:30 އަށް ލަސްކޮށްފި އެވެ.
30 އޯގަސްޓް 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ރޭ ކުއްލި ހާލަތުގައި ޖެއްސި އެމިރޭޓްސްގެ މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުން ފުރުން މިއަދު ހަވީރު 5:30 އަށް ލަސްކޮށްފި އެވެ.
ދުބާއީއަށް ދިއުމަށްޓަކައި ރޭ 11 ޖެހިއިރު ހުޅުލޭ އެއާޕޯޓުން ފުރި އީކޭ ފްލައިޓް އަނބުރާ އައިސް ޖެއްސީ 21 މިނިޓް އުދުހުމަށް ފަހު އެވެ.
ބޯޓުގެ ކާގޯ ބައިގައި "އަލިފާނުގެ ކަމެއް" އުޅޭ ކަމަށް ޝައްކު ކުރެވިގެން ކުއްލި ހާލަތުގައި ޖެއްސި ބޯޓު ކުރިން ފުރަން އޮތީ މިއަދު ހެނދުނު 10:00ގަ އެވެ. އެކަމަކު އޭގެ ފަހުން 10:30 އަށް ފުރުން ލަސްކޮށް، އެންމެ ފަހުން އެންގީ ފަސިންޖަރުން ފުރާނީ މިއަދު ހަވީރު 5:30 ގައި ކަމަށް، އެ ބޯޓުން ދަތުރުކުރަން ގޮސް ހުރި ދިވެއްސަކު ބުންޏެވެ.
"މިހާރު އަޅުގަނޑުމެންނަށް އަންގައިފި އީކޭގެ އާ ފްލައިޓެއް މިއަދު ހަވީރު ހަތަރެއް ޖަހާއިރު އަންނާނެ ކަމަށް. އޭގައި ފުރާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށް މިހާރު ވަނީ،" އޭނާ ބުންޏެވެ.
މުޅިއެކު 362 މީހުންނާ އެކު ހުޅުލޭ އެއާޕޯޓުން ފުރި އީކޭ ފްލައިޓްގެ ކާގޯ ބައިގައި އަލިފާނުގެ ކަމެއް އުޅޭ ކަމަށް ޝައްކު ކުރެވުނު ނަމަވެސް، އެފަދަ ކަމެއް ފާހަގަ ނުކުރެވޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޭ ބުންޏެވެ.
ހުޅުލޭ އެއާޕޯޓުގައި ރޭ ކުއްލި ހާލަތުގައި ޖެއްސި އީކޭ ފްލައިޓް: މި ބޯޓުން ދަތުރުކުރާ ފަސިންޖަރުން އުފުލުމަށްޓަކައި އީކޭގެ އާ ބޯޓެއް މިއަދު ހަވީރު މާލެ އަންނާނެ.
ބޯޓުގައި ހުރި ފަސިންޖަރަކު ބުނިގޮތުގައި އޭގައި ދަތުރުކުރާ އެންމެން މިހާރު ވަނީ އެކިއެކި ހޮޓާތަކަށް ފޮނުވަން ފަށައިފަ އެވެ. ނަމަވެސް ފަސްޓް ކްލާހާއި ބިޒްނަސް ކްލާހުގެ ފަސިންޖަރުން ރޭ ބޭތިއްބީ ހޮޓެލް ޖެންގައި ކަމަށްވެ އެވެ. އިކޮނޮމިކް ކްލާހުގައި ދަތުރުކުރާ މީހުން ރޭ ތިބީ އެއާޕޯޓުގަ އެވެ.
"އެކަމަކު އިކޮނޮމިކް ކްލާހުގައި ދަތުރުކުރާ މީހުން ވެސް މިހާރު ހޮޓާތަކަށް ފޮނުވަން ނިންމައިފި ކަމަށް ވޭ. އެކަން އެބަ ކުރިއަށް ގެންދޭ،" އޭނާ ބުންޏެވެ.ހުޅުލޭ އެއާޕޯޓުގައި ޖެއްސި އީކޭ ފްލައިޓް ރާއްޖެ އައީ ކޮލަމްބޯގައި ޓްރާންސިޓް ކޮށްފަ އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވެސް ދުބާއީން މާލެ އައި ބޯޓެއް ވަނީ އިންޑިއާގެ މުމްބާއީއަށް ކުއްލި ހާލަތުގައި ޖައްސައިފަ އެވެ. އެ ފަހަރު ބޯޓު މުމްބާއީއަށް ޖައްސަން ޕައިލެޓް އެދުނީ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ. އެއީ އެ ހާލަތުގައި އިންޑިއާ ކަނޑު ހުރަސް ކުރުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެތީ އެވެ.
މީގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން މި މަހުގެ ތިންވަނަ ދުވަހު ދިޔަ އެމިރޭޓްސްގެ ބޯޓެއް ވަނީ ދުބާއީގައި ކްރޭޝް-ލޭންޑިންއެއްގައި ޖައްސައިފަ އެވެ. ދުބާއީގައި ބޯޓު ޖެއްސުމާއެކު އެ ފަހަރު އަލިފާން ރޯވި ނަމަވެސް ފަސިންޖަރުން ވަނީ ސަލާމަތްކޮށްފަ އެވެ.
އީކޭ ފްލައިޓް އިމަޖެންސީގައި ހުޅުލޭގައި ޖައްސައިފި
ފްލައިޓަކުން ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ
ބޯޑަރު ހުޅުވުމާ އެކު އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް
10 އެއާލައިނަކުން ސްލޮޓަށް ވަނީ އެދިފައި:އެމްއޭސީއެލް
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
ޕާކިން އޭރިއާ ހަދަން ހުޅުލޭ ފަޅުތެރޭން ބައެއް ހިއްކަނީ
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖެއަށް
ރާއްޖެ އަށް އެމިރޭޓްސް އިން ދަތުރުކުރާތާ 30 އަހަރު
ކާބޯތަކެތި ވިއްކާ ހަ ޗެއިނަކަށް އެއާޕޯޓުން ޖާގަ ދެނީ